Support Us

ޕާކިސްތާނުގެ އިންތިޤާލީ ބޮޑުވަޒީރުކަމަށް އަންވާރުލް ޙައްޤު ކާކަރު

ޕާކިސްތާނުގައި ބާއްވަން ހަމަޖެހިފައިވާ ޢާންމު އިންތިޚާބުގެ ކަންތައްތައް އިންތިޒާމުކުރުމަށް ޓަކައި އޮންނަން ޖެހޭ އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރު ކަމަށް އަންވާރުލް ޙައްޤު ކާކަރު, ޕާކިސްތާނުގެ ރައީސް ޢާރިފު ޢަލްވީ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ކާކަރު އަކީ ބެލޮޗިސްތާނުގެ ސަރަޙައްދުގެ ސެނެޓަރެވެ. މި އިންތިޤާލީ ސަރުކާރު ދެމިއޮންނާނީ 90 ދުވަހުގެ މުއްދަތަށެވެ.

ބެލޮޗިސްތާނު ސަރަޙައްދަކީ ޕާކިސްތާނުގެ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ އެންމެ އާބާދީ ކުޑަ ސަރަޙައްދެވެ. ކާކަރު ބޮޑުވަޒީރު ކަމަށް ޢައްޔަން ކުރަން ކުރީގެ ބޮޑުވަޒީރު ޝެހްބާޒު ޝަރީފާއި އިދިކޮޅު ޒަޢީމު ރިޔާޟު އަޙްމަދު އެއްބަސްވަޑައިގަތީ ދެ ބައްދަލުވުމަކަށް ފަހުގައެވެ. ރިޔާޟު އަޙްމަދު ވިދާޅުވިގޮތުގައި އެންމެ އާބާދީ ކުޑަ ސަރަޙައްދެއްގެ ބޭފުޅަކަށް އިންތިޤާލީ ބޮޑުވަޒީރުކަން ދިނުމަށް އެއްބަސްވެވުނީ އެ ސަރަޙައްދުގެ ޝަކްވާތަކުގެ އަޑުއެހުމަށް ޓަކައެވެ.

ޕާކިސްތާނުގައި ބަރްލަމާނު އުވާލާތާ 90 ދުވަހުގެ ތެރޭގައި ޢާންމު އިންތިޚާބު ބާއްވަން ޖެހޭނެއެވެ. މި އިންތިޚާބު މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކު ބެއްވުމަށް ޓަކައި އެންމެ މަދުވެގެން ދެ މަސް ދުވަހުގެ އިންތިޤާލީ ސަރުކާރެއް ފެޑަރަލް ފެންވަރުގައްޔާއި ސަރަޙައްދީ ފެންވަރުގައި ޤާއިމުކުރަން ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *