ބައިނަލްއަޤްވާމީ މަންސަތަކުގައި އިސްރާއިލުން ރަޝިޔާއަށް ތާއީދުކުރަމުންދާތީ ކިޔީވް އިސްރާއީލުދެކެ ރުޅިއަތުވެއްޖެ ކަމަށް ޔުކްރޭންގެ ދުވަހު ނޫސް ކިޔީވް ޕޯސްޓުން ބުނެފިއެވެ.
ކިޔީވުން އިސްރާއީލާ ދެކޮޅަށް އަޅަން ނިންމައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިސްރާއީލު މީހުންނަށް ވީޒާ ނުނަގާ ޔުކްރޭނަށް ވަނުން މަނާކުރުން ހިމެނެއެވެ.
މި ނޫސް ބުނާގޮތުގައި ޔުކްރޭނަށް ބޭނުންވާ ހަތިޔާރު ހޯދުމާ ބެހޭ ރަމްޝްޓައިން މަޝްވަރާތަކުގައި އިސްރާއީލު ބައިވެރިނުކުރުމަށް ވެސް ކިޔީވުން ގަސްތު ކުރެއެވެ. އެއީ މި ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކުގެ މަޢުލޫމާތު ތައްލު އަބީބުން ރަޝިޔާއަށް ފާއްދާތީއެވެ.
މި ނޫސް ބުނާގޮތުގައި ކިޔީވް އިސްރާއީލު ދެކެ ރުޅިއަންނަ ސަބަބުތަކުގެ ތެރޭގައި ޢަސްކަރީ އެހީތައް ޔުކްރޭނަށް ދިނުމާ އިސްރާއީލު ދެކޮޅުހެދުން ވެސް ވެއެވެ.
ރައީސް ޒިލެންސްކީ ޔަހޫދީއަކަސް އިސްރާއީލުގައި ނަގައި ކިޔާ ގިނަ އިސްވާރުންނަކީ ރަޝިޔާއިން އިސްރާއީލަށް ހިޖްރަކޮށްފައިވާ ބަޔެކެވެ.