Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް- ދުނިޔަވީ ކާމިޔާބުގެ ސިއްރު

ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސްއާ އެކު ހިންގާލެވުނު ބަސްދީގަތުމެއްގައި އޭނާއާ ސުއާލުކުރި މީހާ އެއްސެވެ:

ސުއާލުކުރާމީހާ: އިނބަގެ ކާމިޔާބުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟

ދެން، ބިލް ގޭޓްސް، އޭނަގެ ބޭންކު ޗެކު ފޮތް ނަގާފައި، ވަކި އަދަދެއް ނުޖަހައި، ސޮއިކޮށްފައި، އޭނާއާ ސުއާލުކުރި މީހާ އަތަށް ދީފައި ބުންޏެވެ. "އިނބަ ބޭނުން އަދަދެއް މި ޗެކުގައި ޖަހައި އެ އަދަދަށް ފައިސާ އިނބަ ނަގާށެވެ!"

ނަމަވެސް، ބިލް ގޭޓްސްއާ ސުއާލުކުރި އަންހެން ކުއްޖާ ޗެކުގައި ހިފުމަށް އިންކާރު ކުރިއެވެ.

ދެން، ބިލް ގޭޓްސް ބުންޏެވެ. "ހަޔާތުގެ ކާމިޔާބުގެ ސިއްރު، އިނބަގެ ކުރިމަތިން ދެންމެ ތަމްސީލުވެގެން އެ ދިޔައީއެވެ. އެއީ ހަޔާތް މެދުވެރިކުރުވާ ފުރުސަތުގެ ބޭނުން އޭގެ ވަގުތުގައި ހިފުމެވެ. ދާދި ދެންމެ، އިނބައަށް ވެސް މުއްސަންޖަކަށް ވުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް، އެ ފުރުސަތުގެ ބޭނުން، އިނބަ ނުހިފުމުން، އެ ފުރުސަތު ގެއްލުނީއެވެ. ކާމިޔާބުތައް ހޯދާ މީހުންނަކީ އެފަދަ ފުރުސަތުތައް ދެނެގަނެ އޭގެ ބޭނުން ހިފާ މީހުންނެވެ. ކޮންމެ މީހަކަށް ވެސް، ހަޔާތް، އެ ފަދަ ފުރުސަތެއް ދެއެވެ. ކެރިގެން، އޭގެ ބޭނުން ހިފާ މީހުން ކާމިޔާބު ހޯދައެވެ. އެ ފަދަ ފުރުސަތުތައް ގެއްލުވާލާ މީހުންނަށް އަބަދުވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހެއެވެ."

އާދެ، މި ވާހަކަކޮޅު ބަޔާންކޮށްދެނީ ހަގީގަތެކެވެ. ހަގީގީ ހާދިސާއެއް ނޫނެވެ!!