Support Us

ކޮލަމް ކޯދު: ފިލްމެއްގައި ބުނާ ވާހަކަތަކުގެ ތެރެއިން ހޮވާލުމެއް

ތިރީގައި މި ވަނީ ފިލްމެއްގައި ބުނާ ވާހަކަތަކުގެ ތެރެއިން ހޮވާލުމެކެވެ. އޭގެ ދިވެހިކޮށްލުމެކެވެ.

  1. "މި ދުނިޔޭގައި މަރަށް ވުރެ ބޮޑު ހަގީގަތެއް ނުވެއެވެ. މިއީ ހަގީގަތް ކަމަށްވާއިރު، މި ބުނާ އެއްޗެއް ވެސް ގަބޫލުކުރާށެވެ! ކަލާއަށް އަހަރެން ލަނޑެއްދީފި ނަމަ، އެކަމަކީ އަހަރެންގެ ހަޔާތަށް ނިމުން އައިސް، އަހަރެން މަރުވެދިޔުމަށް ވުރެ ވަކިން ކުޑަކަމެއް ނޫނެވެ!"
  2. "ދަރިން ބޮޑެތިވުމަށް ފަހު، ދަރިންނާ މެދު، މައިންބަފައިންގެ ހިތުގައި އޮންނަ އެންމެ ބޮޑު އެދުމަކީ ދަރިން މީހުންނާ އިނުމެވެ."
  3. "އަމިއްލައަށް މަރުވުމަކުން ހަޔާތުގެ މައްސަލަތަކަށް ލުޔެއް ނުލިބެއެވެ. ހަޔާތުގައި ކުރިމަތިވާ މައްސަލަތައް ހައްލުވެ، އެކަމަށް ލުއިލިބެނީ އެ މައްސަލަތަކާ ކެރިގެން ކުރިމަތިލައި އެ މައްސަލަތަކުގެ ހައްލު ހޯދަން އުޅުމުންނެވެ."
  4. "މަރު ދެކެ ބިރުގަންނަނީ، ހަޔާތް، އެ މީހުންނަށް ކޮންމެވެސް އެއްޗެއް ދީފައި ވުމުން، ދިރިހުރުމަށް ލޯބިޖެހިފައިވާ މީހުންނެވެ."
  5. "ޝައްކެއް ނެތެވެ. ގާނޫނެއް އޮވެ، ގާނޫނު ހިންގާލުމުގެ ބޭނުމަކީ ކުށްވެރިންނަށް އަދަބު ދިނުމެވެ. މީގެ އިތުރުން، މައުސޫމު، ކުށެއް ނެތް މީހުންނަށް އަދަބު ލިބުމުން ސަލާމަތްކުރުން ވެސް ގާނޫނެއް އޮތުމުގެ ބޭނުމެއް ކަމުގައި ވެއެވެ."
  6. ބައެއް މީހުންގެ އަގީދާއަކީ، ހިތުގެ އަޑިން ގަބޫލުކުރާ ކުރުމަކީ، މިއެވެ: "އެމީހުންގެ މަޔަކީ ވެސް، އެމީހުންގެ ބަފަޔަކީ ވެސް، އެމީހުންގެ ދީނަކީ ވެސް، އަދި އެމީހުންގެ ކަލަކީ ވެސް ފައިސާއެވެ! އެމީހުންގެ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތެވެ!" މިއީ، ވަކިން ޚާއްސަ ގޮތެއްގައި، އިންތިޚާބުތަކުގެ ދުވަސްވަރުގައި، އެއްގޮތަކަށް ވެސް، ހަނދާނުން ކައްސާލައިގެންދިޔަ ދީގެންވާނޭ ކަމެއް ނޫނެވެ!

(ތިރީގައި އެވަނީ މި ފިލްމުން ހޮވާލެވިފައިވާ ލަވައެކެވެ!)