Support Us

އުފަލެއްނުވޭ

އިޙުޞާސްނުވޭ މިނިވަންކަމެއް ސައްބީސްޖުލާ ފަހެ އައުމަކުން
ވިހުރޭ ދިދައިގެ ހިޔާ ދަށުން ފަލަވާ ބިދޭސީން ގިނަކަމުން

ވިޔަފާރިވެސް މިނިވަން ވެގެން ދިވެހީން އެކަންކޮށް އުޅެނިކޮށް
ކިޔަމަންނުވާ ބަޔަކުމެ މިތާ ވިޔަފާރި ހުރިހައި ފެށިފަހުން

ކަނޑުފަޅު، އަތޮޅު، ގިރި، ހާހަލާ، ސިއްރެއްގެ ގޮތުގައި އޮތް ޒަމާން
ފަނޑުކޮށް ލުމަށްފަހުގައި ބިދޭސީން ލޯ އެއަށް ހުޅުވައި ލުމުން

ރަށްރަށުގެ ވަލުގައި ހުންނަހައި ފާލައްބަ، ހިންނަ، ތަކާއެކީ
ރަށްރަށްއެކަށް ހިތުދަސްކުރަން އެވެރިން މިތާ ފެތުރުނު ފަހުން

ހަލަކަށް އެމެއް ހިފުމަށް އެރޭން ޖެހުނަސް ބިދޭސީން ޚާއްޞަވެވި
ދަލަކަށް އެމެއް އެރިޔަސް އެނގޭ ބަޔަކަށް ބިދޭސީން ވީފަހުން

ރައިވެރިކަމާ މަސްވެރިކަމާ ދަނޑުވެރިކަމާ ގޮސް އަތްދޮށުން
ގައިމުވެ ބިދޭސީން އެކަމުގައި ރަށްރަށު ބަނޑަހަތައް ޖެހިފަހުން

ބެންކުން ޑޮލަރު ނެތުމުން ލިބޭން ދިވެހީން އެއަށް ގޮތްހުސްވިޔަސް
ބެންކަށް ވުރެން މުއްސަނދި ބައެއް ކަމުގައި ބިދޭސީން ވީކަމުން

ބޭނުންވިޔަސް ކުރުމަށް ކަމެއް ގެދޮރުގެ މަރާމާތުގެ ތެރޭން
ރޭނުން، ވަޑާންފަދަ ކަންކަމުން ދިވެހީން ދުރަށް ފައްސައިލުމުން

ފަޅުއޮޑިޔަކުން ބާލާ މުދާ، ކާއްޓާ ދަރާ ފަތްކެޔޮކޮޅާ
ދަޅު، ޑަބިޔަލާ، މުޅިޔާ، ކުކުޅު، ގަތުމަށް ބިދޭސީން ވެރިވުމުން

ކުރުމަށް ރިސޯޓުގެ ސަޕްލަޔާ ވިޔަފާރި ކުދި ލައިގެން މުށަށް
ފުރުޞަތު ނުދީ ދިވެހިން ދުރަށް ލާފައި ބިދޭސީން ގަދަވުމުން

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *