Support Us

މެނިފެސްޓޯގެ މަޤްޞަދަކީ ވެރިކަމަށް އެރުންތަ؟

ދޮށީވެރިޔަކު ނުކޮށް ދެން އިސް، ނެތޭ ގައުމަށް ލިބޭނެ މޮޅެއް
ފޮށީތަޅުދަނޑި ނުގެއްލޭނޭ، ގޮތަށް ވެރިކަން ކުރާނެ ގޮތެއް

ދަލީލެއް ނޫންތަ؟ މެނިފެސްޓޯ، ދެލޯކަނުވުން މި ގައުމާ މެދު
އަލީގައި އޭގެ ކުރިއެރުމެއް ނެތޭ ގައުމަށް ލިބޭނެ ގޮތެއް

ކުލީ ބަޔަކަަށް މިގައުމުގެ ރައްޔިތުން އެއްކޮށް ބަދަލު ކޮށްފައި
ކުލީގެ ނަފާގެ ފޮނިބުއިމީ ނުވޭހޭ ދިންކަމަށް ކެއްސެއް

ދިނީމާ ޑޮކްޓަރުންގެ ސިޓީ ލިބޭ އިހު ވެލްފެއަރގެ އެހީ
ދިނީމާ ނޫންތަ އަދު އާސަންދަ ލިބެނީ؟ ނެތް ތަފާތު ވުމެއް

ހަތަރުބޭސް ލިޔުނުނަމަ ޑޮކްޓަރު، ޖެހޭފައިސާ އަތުންވެސް ދޭން
ފަތަން ޖެހެޔޭ ފަޤީރެއްނަމަ، އެކަމުގައި ނެތި ހަދާނެ ގޮތެއް

ވަޒީފާ އޮންނަ އެންމެން ހެން، އެ ދޭ ލުއިލޯނަކުން ދަރަޔޭ
ވަޒީފާއިން ލިބޭ ކުޑަކުޑަ މުސާރަ ކޮޅަށް އެއީ، މަޅިޔެއް

ކަރަންޓާ ފެންބިލާ ފޯނާ، ފްލެޓް ކުލި ދެއްކުމަށް ފަހުގައި
އަރަށް ލާން ކާނެ އެއްޗެއް ވެސް ނުވޭ ދެން ގަނެލެވޭނެ ވަރެއް

އެޖެންސީއަށް ޑޮލަރު ނުމެދީ ބިދޭސީންނެއް އިހަކު ނާދޭ
އެޖެންޓެއް ނެތި "ވިސާ ޓްއަރިސްޓް" ގައި އައުމަށް ނެތޭ ޙައްދެއްް

މަރާމާތާއި ކުލަލުން ފަދަ މަސައްކަތްތައް އެމީހުންކޮށް
ބަރާކޮށް ނޫޓްތައް ޖީބަށް އަޅައި ފުރިޔަސް ނެތޭ މަނައެއް

ވިޔާފާރީގެ މައްޗަށް ވެސް، އެމީހުން ވެރިވެ ގަދަ ވީހިނދު
ތިޔާގެ ކަމަށް ބުރޫ އެރުމުން ނެތޭ ދިވެހިން ހަދާނެ ގޮތެއް

ނުވީތާކަށް ޕްރައިވެޓް ކާރުގައި އެވެރިން ކުރޭ ޓެކްސީ
ނުވީމާ ހުއްޓުވޭނޭ ގޮތް ޕިކަޕްވެސް ފެއްޓި ނެތި އަމުރެއް

ކުރިންއޮތް އިޖްތިމާޢީހަމަ މުގުރި ފުޑުފުނޑުވެ ނިމި ދިޔަ ހިނދު
ކުރިން އޮތް ޙާލަތަށް ގެންނަށް ހޮވަންވީ ހަމަ ދޮށީ ވެރިއެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *