ކިޔަވާށެ މާތް އަރިހަ ނަބީ، ރީތިވި ޡަނާ ޞީޣާ ތަކުން
ލިޔަމުން ނުހަނު ޞަލާވާތް ފަށުވި، ބަސްމަގު ރިވެތިވި ޢިބާރަތުން
ގަސްގަހު ފޮޅޭ ފަރި މާމަލުން، ވަސްމީރުވީ ދަސްތާ ތަކުން
ތަޝްރީފުގައި އަރިހަށް އެމާތް، ވެދުމާ ސަލާމުގެ ބަސް ތަކުން
ތަރިތައް ވިދާ ބަބުޅާ ވަގުތު، މެންދަމު ހިމޭން ހިނކޮޅުތެރޭ
އަރިހަށް ނުހަނު ލޯތްބާ އެކީ، މަދަޙައިގެ ރީތި ނަޝީދަކުން
ފަތިހާ ހަވީރާ ތާ އަބަދު، ދައުރާނަ ވާހައި ހިނދަކުގައި
މަތިވެރި އެ މާތްވީ ސާހިބަށް، ރަޙުމާ ކުލުނުގެ ދުޢާތަކުން
ވައިރޯޅިޔާ ފިނި ވިހުރިލާ، ދީނުގެ ލިވާ އުފުލޭ ހިނދަކުން
ހައިކޮށް ނުލައި ނަންފުޅު މުޙައްމަދު އުފުލަމުން ޒިކުރާ ތަކުން
ދެއްވުން ޝަފާޢަތް މަޙްޝަރުން، އެދިގެން ދުޢާގައި ދެންނެވޭ
ލެއްވުން އެދެން ޞަލަވާތް އިތުރު، ރައްބީގެ މަތިވެރި ޙަޟްތަރުން