Support Us

ޚަތިމެއް އަންދައިލުމަށް ހުއްދަދިނުމުން ޢިރާޤުގައި ހުންނަ ސްވިޑްން އެންބެސީ އަންދައިލައިފި

ސްވިޑްން ފުލުހުން އެ ޤައުމުގައި ހުންނަ ޢިރާޤު އެންބެސީ ކުރިމަތީގައި ޚަތިމަކާއެކު ޢިރާޤު ދިދަ އަންދައިލުމުގެ ހުއްދަދިނުމުން ޢިރާޤުގައި އެކަމާ ދެކޮޅަށް އިޙްތިޖާޖުކޮށް މިއަދު ހެނދުނު ސްވިޑްން އެންބެސީގައި ރޯކޮށްލައިފިއެވެ.

މި ޙާދިސާއާ ގުޅިގެން ޢިރާޤު ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި "ބަޣްދާދުގައި ހުންނަ ސްވިޑްން އެންބެސީ ރޯކޮށްލުމަކީ ޢިރާޤު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް" ކަމަށް ބުނެފައި ވެއެވެ. 

ޢިރާޤުގެ ޚާރިޖިއްޔާ ބުނާގޮތުގައި ސަލާމަތާބެހޭ ބާރުތަކުން މިހާރު ދަނީ މަސްއަލަ ބަލަމުންނެވެ. އެއަށްފަހި މި ކަން ހިންގި ބަޔަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޢިރާޤުގެ ޚާރިޖިއްޔާއިން ބުންޏެވެ.

ސްވިޑުނުން ބުނާގޮތުގައި މި ޙާދިސާގެ ސަބަބުން އެންބެސީގެ އެއްވެސް މުވައްޒަފަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. 

ސްވިޑްންގެ މީޑިއާތައް ބުނާގޮތުގައި ސްވިޑްން ފުލުހުން އިއްޔެ ވަނީ ސްވިޑްންގައި ހުންނަ ޢިރާޤު އެންބެސީ ކުރިމަތީގައި ޚަތިމެއް އަންދައިލުމުގެ ހުއްދަ ދީފައެވެ. ޚަތިމު އަންދައިލުމުގެ އިތުރަށް ޢިރާޤުގެގެ ދިދަ އަންދައިލުމަށް ވެސް ވަނީ ހުއްދަދީފައެވެ.މި ކަންކުރުމުގެ ހުއްދަދީފައިވާ މީހަކީ މުރްތައްދުވެ ކާފަރުވެފައިވާ ޢިރާޤު މީހެއްކަމުގައިވާ ސަލްވާން މޫމީކާ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ މިހާރު ސްވިޑްން ރައްޔިތެކެވެ. 

އޭނާ ވަނީ މިދިޔަ ބޮޑު ޢީދު ދުވަހު ސްޓޮކްހޮލްމުގެ ބޮޑު މިސްކިތް ކުރިމަތީގައި މުޞްޙަފެއް ވީދައިލައި އެއިން އޭނާގެ ބޫޓު ފުހެ އެއަށް އޫރު ތެޔޮ އަޅައި އަންދައިލައިފައެވެ. އިސްލާމީ ޤައުމުތަކުންނާއި އިސްލާމި އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) އިން ވަނީ މި ކަން ކުށްވެރިކޮށްފައެވެ.

ހަ ލައްކައެއް ހާ މުސްލިމުން ދިރިއުޅޭ ސްވިޑްންގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ކިޔައިފައި މުޞްޙަފު އެންދުމަކީ ޢާންމުކޮށް ކުރަމުންދާ "ހަޑި މުޑުދާރު" ޢަމަލެކެވެ. މި ކަމަށް ރައްދު ދިނުމަށް ޓަކައި ކުވައިތުން ވަނީ ކީރިތި ޤުރްއާނުގެ ތަރްޖަމާ ސްވިޑްން ބަހުން ޗާޕުކޮށް އެއްލައްކަ ކޮޕީ ނެރެ ބަހައިފައެވެ.  

ސްވިޑްންގެ މި ޢަމަލު ކުށްވެރިކޮށް އެ ޤައުމުގެ މުދާތައް ބޮއިކަޓް ކުރުމަށް ދަނީ ގޮވައިލެވެމުންނެވެ.   

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *