...

Support Us

ޙައްޤުގޮތެއް ނޯޅޭނެއެެވެ!

ހިތާ ނަފުސާއި ތޯހިރު މީހަކަށް ވޭތޯ ބަލަންވާނޭ
މިތާނގައި ދާއިމަށް ދިރިއެއް އުޅުން ނެތްކަން އެނގެންވާނޭ

ތިމާފަދަ އަނެކަކާ މެދުގައި ޙަސަދައިން ހިތް ފުރައިލީމާ
ތިމާގެ ފުށުން ވެވޭ ހެޔޮހައި ޢަމަލުތައް ފޮހެވިގެންދާނޭ

ނަބިއްޔާ ފަދަ ނަމޫނާއެއް މިދުނިޔޭގައި ނުވާ ފަދައިން
ނަބިއްޔާ ދައްކަވައި ދެއްވެވި ގޮތެއް ކައްޗެއް ނުވެސްވާނޭ

އުޅޭނަމަ ސުންނަތަށް މީހާ ރަނގަޅު ސިފައިން ޖަރީވެވިފައި
ގުޅޭ ހުރިހައި ގުޅުން ތަކުގައި ޚުލުޤުވެރިއެއް ކަމަށްވާނޭ

އަތަށް ތަސްބީޙަފަތި ލައިގެން ދުލުން ތަސްބީޙަތައް ކިޔަމުން
ދަތަށް ނުގުޑާ ވަރުގެ ވަރުގަދަ ފިތުނަ ފަތުރާން ނުވެސްވާނޭ

ލެޔާ އަބުރާ ހަރާން އެއްޗެއް ކަމަށް ޝަރުޢީ ގޮތުން އޮއްވައި
އެޔާ ބައްދައި ބަގުޑިލައިގެން އުފުއްލާން ހެޔޮ ނުވެސްވާނޭ

އުނދުން މައްޗަށް އުދާ ތެއްޔަށް އަޅާފެން ނުހުރެޔޭ ކެކިކެކި
އުނދުން ނިވުމުން ފެނުގެ އަޞްލަށް ޠަބީޢަތު ފުރޮޅިގެންދާނޭ

ބަޔާން ކުރެވުނު މިސާލުތަކާ އުޞޫލުތަކަށް ފިކުރު ހިންގައި
ބަޔާންވާ މިންވަރުން ޙައްޤަށް ނަފުސު ސީދާ ކުރަންވާނޭ

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *