Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ކުޑަ ދަރިފުޅާއި ބައްޕަ

ކުޑަ ދަރިފުޅު ބައްޕައަށް ފޯނުކޮށްފައި ބުންޏެވެ.

ކުޑަ ދަރިފުޅު: ބައްޕާއެވެ! ތި ހުންނެވީ ކޮންތާކުތޯއެވެ؟

ބައްޕަ: މަސައްކަތުގައެވެ. ކިހިނެއްވީ ހެއްޔެވެ؟

ކުޑަ ދަރިފުޅު: ބައްޕަ މަސައްކަތު ދުރުވީ ބައްޕަގެ ފޯނު ބާއްވާފައެވެ. މިހާރު މަންމަ ފޯނު ނަގައިގެން ފޯނާ އެބަ ކުޅެއެވެ.

ބައްޕަ: ބައްޕަގެ ދުވަސް ދިޔައީއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެ ފޯނާ މަންމަ ދުރުކުރުވޭތޯ ބަލާށެވެ.

ކުޑަ ދަރިފުޅު: މަންމަ މިހާރު ފޯނު ހުޅުވައިފިއެވެ. އަދި، އޭގައި ހުރި އެއްޗެއް ބަލައިފައި ރޯން ފަށައިފިއެވެ.

ބައްޕަ: ދަރިފުޅު ވެސް ރޯން ފަށާށެވެ. އަދި، ބޮލުގައި ނޫނީ ބަނޑުގައި ރިއްސަނީ ކަމަށް ބުނާށެވެ! މިހާރު ބައްޕަ މިހުރީ ގެއާ ވަރަށް ކައިރީގައެވެ.

ދެން، އިރުކޮޅަކުން ބައްޕަ ގެއަށް ވެންނެވިއެވެ. އެއިރު ދަރިފުޅު ކާމޭޒު ކައިރީ އިނެވެ. ދެން، މަންމަ ކޮބާތޯ ދަރިފުޅު ގާތު ބައްޕަ އެއްސެވުމުން، މަންމަ ބާޒާރަށް ދިޔަ ވާހަކަ ބުންޏެވެ. އަދި، މަންމަ ދިޔައީ ދަރިފުޅަށް ކާއެއްޗެއް ތައްޔާރުނުކޮށް ކަމުގައި ވެސް ދަރިފުޅު ބުންޏެވެ. ދެން، މާ ބޮޑަށް ބަނޑުހައިވުމުން، ބައްޕައަށް ފޯނުކޮށްގެން ބައްޕަ ގެއަށް ގެނުވީ ކަމުގައި ވެސް ދަރިފުޅު ބުންޏެވެ.

ދެން، ބައްޕަ ހިތާހިތާ ބުންޏެވެ. "ދަރިފުޅު ކުރި ކަމަކުން އަހަރެން ރުޅިއެއް ނާންނަމެވެ. އަހަރެން ރުޅިއައީ ދަރިފުޅާއި އަހަރެންގެ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ވެސް، އަހަރެންގެ ފޯނު އަހަރެންގެ އަތުގައި އޮތްކަން ވެސް އަހަންނަށް އިހުސާސު ނުވީމައެވެ!"