Support Us

ބައިބައިވެގެން ލިބޭނެ މޮޅެއް ނެތެވެ!

އެއްބައިވުމުގެ މަތިވެރިކަމާ ފައިދާ ބަޔާންވެވިގެން ވެޔޭ
ގެއްލުންތަކެއް ނޫނީ ލިބޭން ބައިބައިވުމުން ނޯންނާނެޔޭ

ބިންގާ އެޅުނު ދައުލަތް އެއީ، ހެތްކެއް މަދީނާގައި ވިމާތް
ބިންތައް ފުތޫޙާތުގެ މަގުން މިލްކުވި ސަބަބު ކަމުގައިވިޔޭ

ގައުމެއްގެ އާރާ ބާރަކީ ފަރުދުންގެ ގާތް އެކުވެރިކަމޭ
ދައުލަތުގެ އާރާާ ބާރުތައް ޕާޓީވެ ބައިބައި ނެއްތަޔޭ

ހަލަބޮލި ޒަމާނެއް ދުނިޔެއަށް ވެރިވާ ޒަމާނަކު ރައްޔިތުން
ވަަލަކަށް ސިޔާސީ ވެއްދުމާ ކޯޅެން ޖެހުން ގޯހެއްމެޔޭ

ވެރިކަންކުރަން ފުރުޞަތުނުދޭން، ވައްޓާލުމަށް އެންމެންއެކީ
ކެރިގެންނުކުމެ އަތްތައް ގުޅާ ފަދައިން ހިތާހިތް ނުގުޅެޔޭ

އަށަގަތް ސަގާފަތު ގޯސްކަމަކު ތަކުރާރުވޭ ފަސްއަހަރަކުން
މަށަކަށް އެގޮތް ކަމުނުދިޔަޔަސް އެގޮތަށް އެކަން ހިނގަމުންދެޔޭ

ކަންކަން އެހެން ގައުމުގެތެރޭ ހިނގަމުން ދިއުން ބޮޑުގޯހެކޭ
ވަންނަން މިގައުމަށް ދުޝްމިނުން ހުޅުވޭ އެއީ، ދޮރަކަށްވެޔޭ

ތޮޅެފައި ބަޔަކު ނެތް ވެރިކަމާ ބޭރުން އައިސް ދިވެހިން ނުލައި
އޮޅެމުން އެކަން ދިޔަޔަސް މިއަދު ތާރީޚް ހެކިި ދައްކައިދެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *