ޚިލާފާ ދުރުވެ ދީނުގައިވީ އުޅެން
ކިލާކޮށް ނުލައި ހިތް ހިތާވީ ގުޅެން
ތިމާޔަށް އެނގޭގޮތް އެކަންޏޭ ހެވީ
ތިމާ ހީނުކޮށް ދީން ހިނގާށޭ އެނގެން
ޖަމާޢަތް އަހުލު ސުންނަތުގެ ހަމަތަކާ
ޒަމާނީ ބަދަލު އައު ވަޒަންކޮށް މިނެން
ތަފާތަށް ރައުޔު ޙުކުމުގައި ނެރެއުޅޭ
އަތާފައި އެއަށް ނޫފުލަން ދަސްވެވެން
ބަލަން ޞުލްޙަވެރިގޮތް އެކީގައި އުޅެން
ގަލަންތައްލިޔާ ރަނގަޅު ފޮތްފޮތް ކިޔެން
އަރާރުން ތަކާ ކޮޅުމާ ދޫކުރެވި
ޚަރާބުގެމަގަށް ފައިނުލައި ދާންއެނގެން
މިއުއްމަތް އިހަށް އޮތް ބަދަހިކަންމަތީ
ދިއުން ކުރިއަރައި އެދި ރަނގަޅުގޮތް ހިފެން
ފޮތާ ސުންނަތުގެ ހެޔޮމަގުން ކުރިއެރޭނޭ
ގޮތާމެދު އަލުން ފިކުރު ހިންގައިލެވެން