Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ކިންދަގާޑުންއިން މަންޒަރެއް

ކިލާހުގައި އިން ތުއްތު ކުއްޖާ ބޫޓަށް އެރޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެތައް މަސައްކަތެއް ކޮށްގެން ވެސް އޭނަ އަމިއްލައަށް ބޫޓަށް އެރޭ ގޮތެއް ނުވިއެވެ. ދެން، އޭނާ މުދައްރިސާއަށް ގޮވާލައިފައި ބޫޓަށް އަރުވައިދޭން މުދައްރިސު އަރިހުން އެދުނެވެ.

މުދައްރިސާ ވަޑައިގެން، ތުއްތު ކުއްޖާ ބޫޓަށް އެރުވޭތޯ މަސައްކަތް ކުރެއްވިއެވެ. އެތައް އިރަކު މަސައްކަތް ކުރެއްވުމަށްފަހު އަދި ވަރަށް އުނދަގުލުން މުދައްރިސާ އެކަން ކުރެއްވިއެވެ. ދެން، ފަޔަށް ބަލާލައިފައި ތުއްތު ކުއްޖާ މުދައްރިސާ އަރިހު ދެންނެވިއެވެ.

"ބައްލަވާ ބޫޓަށް އެރިފައި މިހުރީ ނުބައިކޮށެވެ." ދެން، މުދައްރިސު ތުއްތު ކުއްޖާގެ ފަޔަށް ބައްލަވާލެއްވިއިރު އެކަން އެނގިވަޑައިގަތެވެ. އޭނާގެ ބޫޓުގެ ވާތު ކިބަ އޮތީ އޭނާގެ ކަނާތު ފައިގައެވެ. އަދި ކަނާތު ކިބަ އޮތީ ވާތު ފައިގައެވެ.

ދެން، އެކަން ރަނގަޅު ކުރައްވަން މުދައްރިސާ ފެއްޓެވިއެވެ. ބޫޓު ބާލުއްވާފައި، ކަނާތުފަޔަށް ކަނާތު ކިބަ އަދި ވާތު ފަޔަށް ވާތު ކިބަ ލެއްވެވިއެވެ. މިފަހަރު ވެސް އެކަން ކުރެވުނީ ދާ އޮހޮރުވައިގެން އެތައް އިރެއްވީ ފަހުންނެވެ.

ކޮންމެއަކަސް ތުއްތު ކުއްޖާ ބޫޓަށް އެރުއްވުމަށްފަހު، މުދައްރިސާ އޭނާ ކުރެން އެއްސެވިއެވެ.

"މިއަދަކީ ފިނި ދުވަހެއް ނޫން ހެއްޔެވެ؟ ކޮއްކޮގެ އަންގި ކޮބާ ހެއްޔެވެ؟" ދެން، ވަރަށް މައުސޫމު ގޮތެއްގައި ތުއްތު ކޮއްކޮ ބުންޏެވެ.

"މިއަދު މިއާދެވުނީ ބޭބެގެ ބޫޓަށް އަރައިގެންނެވެ. ދެން، ތަންކޮޅެއް ދޫހެން ހީވެގެން އަޅުގަނޑުގެ އަންގި ބޫޓު ހެޔޮވަރުކޮށްލަންވެގެން ބޫޓުތެރެއަށް ލީއެވެ."

ތުއްތު ކޮއްކޮގެ ވާހަކަ އަޑުއަހާފައި، މުދައްރިސާ އަނބުރައިގަނެގެން ވެއްޓިވަޑައިގަތެވެ!