Support Us

ކޮލަމް: ކޯދު: ކުރު ވާހަކަ- އަންހެނުންނާ ވާދަކޮށް އެކަނބުލޭގެ ބަލިކުރުން

އަހަރެންގެ ރަހުމަތްތެރިޔާ އަހަރެން ގާތު ބުންޏެވެ.

"ކޮންމެ ދުވަހަކު އަހަރެން މަސައްކަތު ދާން ނިކުންނައިރު އަބަދު ވެސް ކޮންމެ ވެސް އެއްޗެއް ހަނދާން ނެތެއެވެ. ކާރު ތަޅުދަނިޑިއެވެ. ނޫނީ ގޭގެ ތަޅުދަނޑިއެވެ. ނޫނީ އަހަރެންގެ ފޯނެވެ. އެންމެ ގިނައިން ހަނދާންނެތެނީ ފޯނު ގެންދިޔުމަށެވެ. ނޫނީ ކޮންމެވެސް ލިޔުމެކެވެ. ކޮންމެ ދުވަހަކުމެ، ހަނދާންނެތޭ އެއްޗެއް މަތިން އަންހެނުން އަހަންނަށް ހަނދާންކޮށްދެއެވެ. އަދި، ބުނާނެއެވެ. "މިހާރު ދެން، ދުވަސްވަމުންދާހެން، ހަނދާން ބަލިކަށިވަނީއެވެ."

ކޮންމެއަކަސް، އަހަރެންގެ ހަނދާނުގައި މައްސަލައެއް ނެތްކަން އަންހެނުންނަށް ސާބިތުކޮށްދޭން އަހަރެން ބޭނުންވިއެވެ. އަދި، އޭނަގެ ސަމާސީ މަލާމާތުން ވެސް ރެކެން އަހަރެން ބޭނުންވިއެވެ. އެހެންވެ، އަހަރެން ގަސްދުކުރީ އަހަރެން ގެންދަންޖެހޭ ހުރިހާ އެއްޗެއްގެ ލިސްޓެއް ހަދައި ގެއިން ނިކުތުމުގެ ކުރީގައި އެ އެއްޗެހި ހަމަކުރުމެވެ. ދެން، ގެއިން ނިކުތުމެވެ. މި ގޮތަށް ކަންތައްކޮށް، ގެންދަންޖެހޭ ހުރިހާ އެއްޗެއް ހަމަކޮށްގެން، އޮފީހަށް ދާން، ގެއިން ނުކުތީމެވެ. ދެން، ކާރަށް ހަމަ އެރިތަނާހެން، އަންހެނުން ފޯނުކުރިއެވެ. އަހަރެން އަވަސްއަވަހަށް ބުނީމެވެ. މިއަދު އަހަރެން މިއިނީ ހުރިހާ އެއްޗެއް ހިފައިގެން އައިހެވެ. ނުގެންދެވިގެން، އަހަންނަށް ހަނދާންކޮށްދޭން ޖެހޭނޭ އެއްޗެއް މިއަދަކު ހަމަ ގައިމުވެސް ނޯންނާނެއެވެ. ދެން އަންހެނުން ބުންޏެވެ.

"އަވަހަށް ގެއަށް އަންނާށެވެ! މިއަދަކީ ހުކުރު ދުވަހެވެ. އޮފީސް ބަންދުވާނެ ނޫން ހެއްޔެވެ؟"

(ދިވެހިކޮށްލުމެއް)