Support Us

الله ވޮޑިގެންވާކަން ކަށަވަރު!

ކޮންމެ ޚަލްޤު ކުރެއްވުމެއްގައި ކަށަވަރުވި ﷲ މާތް
ކޮންމެ ވީހައި ކަންކަމެއްގައި ކަށަވަރުވި ﷲ މާތް

މީސްތަކުންގެ ބަފައިކަލުން އާދަމުގެފާނު އުހެއްދެވުން
މީސްތަކުން އުފެދޭ މި "ނުޠުފާ" ކަށަވަރުވި ﷲ މާތް

ކާފިރުން މިބިމުން މުޅިން ފޮއްސެވި ދުޢާފުޅު ނޫޙުމާތް
ކާފިރުން މައްޗަށް ޖެހުނު ހިނދު ކަށަވަރުވި ﷲ މާތް

ލެއްވެވުނު ހިނދު، މާތް ޚަލީލު اللهِ ގަދަ އަލިފާންގަނޑަށް
ދެއްކެވުނު ބޮޑު މުޢުޖިޒާތުން ކަށަވަރުވި ﷲ މާތް

މަހުބަނޑަށް ޔޫނުސުގެފާނުން ލެއްވުމަށްފަހުގައި ނަޖާވުން
އަހުރެމެންނަށް މުޢުޖިޒާތުން ކަށަވަރުވި ﷲ މާތް

ފާސިޤުން ފާޙިޝް ސަދޫމުގެ ދޮގު ކުރީމާ ލޫޠު މާތް
ފާސިދުންނަށް އައި ޢަޛާބުން ކަށަވަރުވި ﷲ މާތް

ކަނޑު ފަޅުއްވައި ލެއްވުމުން މޫސާގެފާނު އަސާކޮޅުން
ކަނޑު ޣަރަޤު ފިރުޢައުނު ވީހިނދު ކަށަވަރުވި ﷲ މާތް

މާތްނަބީ އައްޔޫބު އާލާސްކަންފުޅަށް ކެތްތެރި ވިގޮތް
މާތް ޝިފާގެ ޢަޖާއިބުން ކަށަވަރުވި ﷲ މާތް

ލެއްވުމަަށްފަހު ފުން ވަޅާއި ޖަލަށް ބަނީ ޔޫސުފު ވިމާތް
ދެއްވި، މިޞްރު ޢަޒީޒުކަން ފަހެ، ކަށަވަރުވި ﷲ މާތް

ޢީސަބުނު މަރްޔަމު އުފުއްލެ ވުމުން އުޑަށް ނަޞްރާ އެކީ
މީޞަޙީޙުކަމެއް އެނގެން އޮތް ކަށަވަރުވި ﷲ މާތް

ކައު މުޙައްމަދު މާތް ނަބިއްޔާ ހަނދު އިރުއްވެވި މުޢުޖިޒާތް
ކައުނުގައި މިޢުރާޖު ކުރެވުން ކަށަވަރުވި ﷲ މާތް

ގަސްހިނގާފައި އޭގެފައި ނެތި މޫތަކުން އައިސް އަރިހުގައި
ފަސްނުޖެހި ދެންނެވި ބަހުން ހެކި ކަށަވަރުވި ﷲ މާތް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *