Support Us

އަދުގެ ހާލާމެދު ކަންބޮޑުވަމުން…

އާއިލާތައް ރޫޅިއްޖެއެވެ. މިތުރުން ހަތުރުންނަށް ވެއްޖެއެވެ. އަވައްޓެރިން ބީރައްޓެހިންނަށް ވެއްޖެއެވެ. އައިބު ބުނުން އާއްމު ވެއްޖެއެވެ. ނެތިމޮށުން އާދައިގެ ކަމަކަށް ވެއްޖެއެވެ. ދޮގުހަދާ މީސްމީހުންގެ އަބުރު ކަތިލުން މޮޅުކަމަކަށް ވެއްޖެއެވެ. ﷲ ތިބާ ފަދަ ތިބާގެ އަޚާއަށް ދެއްވާފައިވާ ސޫރައަށް ބަދަލުގެނެސް ތިބާގެ އަޚާ ނުރުހޭނޭހާ ގޮތްގޮތަށް ސިފަ ހުތުރުކޮށް އާއްމުކޮށް ފެތުރުން ގައްޑާ ކަމަކަށް ވެއްޖެއެވެ. ހިޔާނާތްތެރިވުމާއި ވަޢުދު އުވާލުން އާއްމުވެއްޖެއެވެ. ފައިސާ ހޯދުމުގައި ހަރާމެއް ހަލާލެއް ބެލުމެއްނެތެވެ. މީސްމީހުންގެ ހައްޤުތަކަށް އަރައިގަތުން މާ ސަޅި ކަމަކަށް ވެއްޖެއެވެ.

އަދި ކޮބައިތޯއެވެ؟ ދީނީ އިލްމުވެރިން އަދި ދީން އުނގަންނައިދީ ކުރިއަރުވަން މަސައްކަތް ކުރާ އަޚުންވެސް އެކަކު އަނެކަކާ ހިޔާލު ތަފާތުވާ ހިނދު ދީނުގައި އަމަލު ކުރަން އޮންނަ ގޮތް އެނގިތިބެމެ އެންމެންނަށް ފެންނާނޭހެން އޭނާގެ އަޚާގެ އަގުވައްޓާލައި ހިތުހުރި އެއްޗެއް ގޮވާލުން އަދި މާސަޅިވެއްޖެއެވެ. ދޮގު ތެދަށް ބަދަލުވެ ތެދު ދޮގަށް ބަދަލުވެއްޖެއެވެ. އަދަބު އިހުތިރާމް އެއީ ކާބަފައިން ބުނެ އުޅުނު ބަހަކަށްވެ ނިމިއްޖެއެވެ.

ދުނިޔޭގެ ދަހިވެތިކަމުގައި ޖެހި ދުނިޔެ ހޯދުމުގެ ދަހިވެތި ކަމުގައި އާޚިރަތް ވިއްކާލާ މީހުން ގިނަވެއްޖެއެވެ. މަރު އައިސް އަތުގައި ހިފާއިރު މާއްދިއްޔަތުގެ ފަހަތުން ދުވާ މީހުން ގިނަވެއްޖެއެވެ. މުންކަރާތްތައް އާއްމުވެ އިތުރުވެއްޖެއެވެ. ދުލަކީ އެމީހަކު ހިތުހުރި އެއްޗެއް ބުނެލުމުގެ މިނިވަންކަން ލިބިފައިވާ ގުނަވަނަކަށްވެ ނިމިއްޖެއެވެ. އިސްލާމީ ރިވެތި އަޚުލާގާއި ފޭރާން ކުދިކުދިވެ ހިނގައްޖެއެވެ. ކޮންމެ މީހަކީ ދީނީ އިލްމު ލިބި ހުރި އެދުރަކަށްވެ ނިމިއްޖެއެވެ. سبحان الله

ޔާﷲ އަޅަމެންނަށް ތެދުމަގު ދައްކަވައި އެ މަގުގައި އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާދޭވެ. އާމީން!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *