Support Us

ކޮލަމް ކޯދު: ތަސްވީރަކާ ބެހޭ ވާހަކައެއް

ހިސާބު މުދައްރިސު ކިލާހަށް ވެންނެވިއިރު، ތަސްވީރުން އެ ފެންނަ ފަދައިން، ކިލާހުގެ ސީލިންގުގައި ގޮނޑިއެއް ހަރުކޮށްފައި ހުއްޓެވެ. އެ މަންޒަރު މުދައްރިސަށް ފެނިލެއްވި ކަމަކަށް ނުހައްދަވައެވެ. އަދި މުދައްރިސުގެ މޫނުފުޅުމަތިން ކޯފާވުމުގެ، ނޫނީ ނުރުހުމުގެ ވެސް އެއްވެސް އަސަރެއް ނުފެނެއެވެ.

ދެން، ބޯޑުގައި މުދައްރިސު ލިޔުއްވިއެވެ. މިއަދުގެ ހިސާބު އިމްތިހާނައިގެން އަވަހަށް ކުރިއަށްދާށެވެ. އަދި، ތިރީގައި އެވާ ފަސް ސުއާލަށް ބައިގަޑި އިރު ތެރޭގައި ޖަވާބުދޭށެވެ.

ސުއާލުތައް

  1. ސީލިންގުގައި ހަރުކޮށްފައިވާ ގޮނޑިއާއި ކިލާހުގެ ތަޅުމާ ދެމެދު ހުރި މަސާފަތު މިލިމީޓަރުން ބުނެދޭށެވެ. (ފަސް ދަރަޖަ)
  2. ގޮނޑީގެ ފެންނަން ހުރި ދެފައިގެ މިން ސެންޓިމީޓަރުން ބުނެދޭށެވެ. (ފަސް ދަރަޖަ)
  3. ގޮނޑީގެ ލެނގިލަން ހުރި ފިލާކޮޅުގެ އަކަމިން ސެންޓި މީޓަރުން ބުނެދޭށެވެ. (ފަސް ދަރަޖަ)
  4. ގޮނޑީގައި ކިތަށް ރޮނގުވަޅު އެބަހުރި ހެއްޔެވެ؟ (ފަސް ދަރަޖަ)
  5. ގޮނޑި ސީލިންގުގައި ހަރުކުރީ ކޮން ބައެއް ކަމާއި އެ ކުދިންނަށް އެހީވެދިން ކުދިންގެ ނަން ތަރުތީބުން ލިޔާށެވެ. (80 ދަރަޖަ)

އިމްތިހާނުން ފާސްވިކަމުގައި ބެލެވޭނީ ސައްތައިން ފަންސާސް މަދުވެގެން ލިބިގެންނެވެ.

(ދެން، ބައިގަޑިއިރު ފަހުން، ކުދިން އަތުން ޖަވާބު ކަރުދާސް ނެގިއިރު، ހުރިހާ ކުދިން ވެސް ފަސް ވަނަ ސުއާލަށް ރަނގަޅަށް ޖަވާބުދީ ފާސްވާނޭ ދަރަޖަ ހޯދިއެވެ.)

(ދިވެހިކޮށްލުމެއް)