Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މާދަމާ ޙައްޖުމަހުގެ ފުރަތަމަ ދުވަސް

މިއަދު ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ހަނދު އޮއްސެނީ، އިރަށް ވުރެ 29 މިނެޓް ފަހުން ކަމަށްވުމުން، މާދަމާ (19 ޖޫން) އަކީ މިއަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަހަށް ވުމާމެދަކު ޝައްކެއް ނެތެވެ.

މާލެއަކީ، ޖިއްދާއަށް ވުރެން، ދެ ގަޑި 17 މިނެޓް އިރުމަތީގައި އޮންނަ ރަށެއްކަމުގައި ވެފައި، މިއަދު، ހަނދު ހިނގަނީ އެންމެ އުތުރުގައި ހަނދު ދަތުރުކުރާ ޢަރުޟުގައި ކަމަށްވެފައި، އެ މިންވަރަކީވެސް، ޖިއްދާއަށް ވުރެވެސް ހަ ދަރަޖަ އުތުރު މިންވަރެއް ކަމުގައި ވުމުން، ޖިއްދާއަށް ހަމަ ލޮލަށް މިއަދު ފެންނާނެ މިންވަރަށް އުފަންވެފައިވާ މިއަދުގެ އެ ހަނދު، މާލެއަށް ހަމަ ލޮލަށް ނުފެންނާނެ ކަމުގައި ވިޔަސް، މިއަދު މާލެއަށް ހަނދު އޮއްސުމުގައި އިރަށް ވުރެން 16 މިނެޓްގެ މިންވަރަށް ހަނދު ފަސްވާތީ، މާދަމާއަކީ، މިއަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ރާއްޖޭގެ ކަލަންޑަރު ތަކުގައި އޮތް އޮތުމަށް ވެސް އެއްވެސް ބަދަލެއް ނައިސް، މާދަމާ އަކީ، މި އަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަހަށް ވާނެއެވެ.

ކުުރިޔަށް އޮތީ މާތްވެގެންވާ ޙައްޖު މަހުގެ މަތިވެރި ވެގެންވާ ފުރަތަމަ 10 ދުވަހެވެ. ހެޔޮ ގޮތުގައި އެދުވަސްތައް ލިބިގަތުމަށް ގަދައަޅާން ވާނެއެވެ.