ފިރިމީހާ އޭނާގެ އަންހެނުންނަށް ފޯނުން ގުޅާފައި ބުންޏެވެ. "މިރޭ ކައްކަން ހަދާނެ ކަމެއް ނެތެވެ. 'ދެވަނަ އަނބިމީހާ’ގެ ކެއްކުމަށް މިރޭ އިންސާފުކޮށްލާނީއެވެ. އެ ކެއްކުމުގެ އަޖުމަ ބަލައިލުމުގެ ގޮތުން ދެތިން ވައްތަރެއްގެ ކެއުން ހިފައިގެން ގެއަށް ދާނަމެވެ."
'ދެވަނަ އަނބިމީހާ’ގެ ކެއްކުމުގެ ދެ ތިން ބާވަތެއް ހިފައިގެން، ފިރިމީހާ ގެއަށް ދިޔައެވެ. އޭނާގެ އެންމެ ފަހުގެ ހަނދާނަކަށްވީ ގެއަށް ވަދެވުނު ކަމެވެ. ދެން، އޭނާ ހޭއެރިއިރު އޭނާ އޮތީ ހޮސްޕިޓަލުގެ އައީ.ސީ.ޔޫގައެވެ. މުޅި މީހާ އޮތީ ލޭގެ އިތުރުން ބަތާއި ރިހައިން ތަތްތެޅިފައެވެ. ޑަކްޓަރުންނާއި ނަރުހުން އޭނާ ސާފުކޮށް، އޭނާއަށް ފަރުވާދޭން ތައްޔާރުވަމުން ދެއެވެ.
ދެން ދެވަނަ އަނބިމީހާ ހެއްޔެވެ؟ އެއީ ރެސްޓޯރަންޓަކަށް ކިޔާ ނަމެކެވެ. މައްސަލަ ސާފުވެ ދިޔުމަށްޓަކައި އެ ރެސްޓޯރަންޓުގެ ފޮޓޯއެއް މަތީގައި އެވަނީއެވެ.
މިއިން ލިބޭ ފިލާވަޅަކީ ހެއްޔެވެ؟ ކަންކަމުގެ ވާހަކަ ދައްކާއިރު، ރަނގަޅަށް ސާފުކޮށް ކަންކަން ބަޔާންކޮށްދިނުމެވެ. އަނެއްކޮޅުން، މިކަހަލަ ނަންނަން ކިޔައި ރެސްޓޯރަންޓުތައް ހިންގާއިރު، މިކަހަލަ ހާދިސާތައް ދިމާވެދާނެ ކަމުގެ އިންޒާރު ރެސްޓޯރަންޓުގެ ޚިދުމަތް ލިބިގަންނަ އެންމެނަށް ވެސް އެންގެން އޮންނަން ޖެހޭނެ ނޫން ހެއްޔެވެ؟ އެފަދަ މީހުންނަށާއި އަދި ހޮސްޕިޓާތަކުގެ އައި.ސީ.ޔޫ އަށް ވެސް ލުޔެއް ދިނުމަށްޓަކައެވެ!
(ތަރުޖަމާއެއް)