Support Us

އަތޮޅު ތެރޭގެ ހުރިހާ ސްކޫލެއްގައި ވެސް ކުރިއެކޭ އެއްގޮތަށް ކިޔަވައިދޭނެ: އެޑިއުކޭޝަން

މާލޭގެ ސްކޫލްތައް ދެ ހަފްތާއަށް ބަންދުކުރި ނަމަވެސް އެމުއްދަތުގެ ތެރޭގައި އޮންލައިންކޮށް ކިޔަވައިދޭނެ ކަަމަށާއި އަތޮޅު ތެރޭގެ ހުރިހާ ސްކޫލެއްގައި ވެސް ކުރިއެކޭ އެއްގޮތަށް ކިޔަވައިދެމުން ގެންދާނެ އެޑިއުކޭޝަނުން ބުނެފި އެވެ.

އެޑިއުކޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ މާލޭގެ ސްކޫލްތައް ދެ ހަފްތާއަށް ބަންދު ކުރި ނަމަވެސް ސްކޫލްތަކުގެ ދަރިވަރުންނަށް ސްކޫލަށް ހާޒިރުނުވެ ކިޔެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ސްކޫލްތަކުން އޮންލައިންކޮށް ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދެމުން ގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު ޖުލައި އެކެއްގައި ވަނީ މާލެ ސިޓީގެ ސްކޫލްތައް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ސްކޫލްތަކެއްގެ ގްރޭޑް 1 އިން 12 ކިޔަވައިދޭން ފަށައިފަ އެވެ. އަދި މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށައިފަނީ ހަމަ އެކަނި ގްރޭޑް 9 އިން 12 އަށެވެ. އަދި މާލޭ ސްކޫލްތަކުގެ ގްރޭޑް 7 އާއި 8 ގެ ކިޔެވުން މި އޮގަސްމަހު 16 ފެށުމަށް ވަނީ ނިންމާފަ އެވެ.

ނަމަވެސް މާލޭގެ ސްކޫލްތަކުގެ ކިޔެވުން އީދު ބަންދަށް ފަހު މި އޮގަސްޓް މަހުގެ 9 ވަނަ ދުވަހު އަލުން ފެށުމަށް ހަމަޖައްސާފައި ވީނަމަވެސް މިހާރު ރާއްޖޭގައި އޮތް ކޮވިޑް ހާލަތަށް ބަލާފައި އެޗްޕީއޭއިން ދީފައިވާ ލަފައާ އެކު ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސިޓީގެ ހުރިހާ ސްކޫލްތަކެއް ވަނީ ބަންދުކޮށްފަ އެވެ.

ކޮވިޑާ ގުޅިގެން މާލޭގެ ހުރިހާ ސްކޫލެއް ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު ކޮވިޑްގެ ހާލަތާ ގުޅިގެން މޮނިޓަރިންގައި އޮތް ރަށްރަށުގެ ކިޔެވުން އޮންނާނެތޯ އަދިވެސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ކުރިން ވިދާޅުވެފައިވަނީ މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ ސްކޫލްތައް ވެސް ބަންދުވާނެ ކަމަށެވެ. ނަމަވެސް އެއީ އޮޅުމެއް ކަަމަށާއި މާލޭގެ ސްކޫލްތައް ދެ ހަފްތާއަށް ބަންދުކުރި ނަމަވެސް އަތޮޅު ތެރޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑް ފެތުރޭ މިންވަރު ބެލުމަށްފަހު، އެޗްޕީއޭގެ ލަފައާއެކު އެ ނިންމުން އަލުން މުރާޖާކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *