Support Us

ކޮލަމް ކޯދު: ތަސްވީރެއް ބުނާ ވާހަކަ 

"އަޅުވެތިކަމުން މިނިވަންވާން މަސައްކަތްކުރާ ބަޔަކު އުޅޭއިރު، އަޅުވެތިކަން ޒީނަތްތެރިކޮށް އެއީ ރަނގަޅު ގޮތްކަން ދައްކުވައިދޭން އުޅޭ ބަޔަކު ވެސް އުޅެއެވެ."

މިއީ ފަހަރެއްގައި ވެސް ޚިޔާލީ ވާހަކައެއް ނޫނެވެ. ގައުމުތައް އަޅުވެތި ވަނީ މިފަދައިން، އެއްބަޔަކު ގައުމު އަޅުވެތިކަމުގެ މަގަށް ގެންދާއިރު، އަނެއް ބަޔަކު ކަނު ސިފައެއްގައި އެ މީހުންނަށް ތާއީދުކޮށް އެ މީހުންގެ އަޅުވެތިކުރުމުގެ އެ އަމަލު ޒީނަތްތެރިކޮށް ރަނގަޅުކުރަމުންދާތީއެވެ.

ރާއްޖޭގެ ބައެއް ވަކިކޮށް، އެހެން ބައެއްގެ ބާރުގެ ދަށަށް ގެންދެވުނު ވަގުތު، އެކަން ރަނގަޅުކޮށް ތާއީދުކުރި ބަޔަކު އުޅުނެވެ. އަދި، މިހާރު ވެސް، އެއީ އެކަން ކުރަންޖެހޭ ގޮތް ކަމަށް ދެކި، އެފަދަ އަޑުތައް އުފުއްލާ ބަޔަކު އެބަ އުޅެއެވެ. އަދި، އެ މީހުންގެ އަޑު ވެސް އިވެއެވެ.

މީގެ އިތުރުން، މިނިވަންކަން ގެއްލޭ ގޮތަށް އެއްބަސްވުންތައް އެއްބަސްވާ ސިޔާސީ މަދު ބަޔަކު އުޅޭއިރު، އަދި އެ ސިޔާސީ މީހުންގެ އަމަލުތަކުން މިކަންތައް ފެންނައިރު، އެފަދަ މަދު ސިޔާސީ މީހުންގެ އަމަލުތައް ވެސް ޒީނަތްތެރިކޮށް ރަނގަޅުކުރާ ބަޔަކުގެ އަޑު ވެސް އިވިއިވި ހުރެއެވެ.