ވަރިހަމަވުމުގެ ސުންޕާ ވަބާ މުޅި ދީބުގައި ފެތުރިއްޖެޔޭ
ދަރިޔަށް ވިޔަސް ދެރަޔަށް ލިބޭ ސަހަރޯ ވުމުން ދުރު ވެއްޖެޔޭ
އެއްހަށިގަނޑުގެ ގުނަވަންތަކެއް ކަމުގައިވި ނަމަވެސް މީސްތަކުން
ގެއްލުންލިބޭ އަޚަކަށްޓަކައި އަސަރުން ރުއިން ނެތިވެއްޖެޔޭ
ދުނިޔޭގެ މުޅި ބައްރުން އެކީ ޣީރަތުގެ ފިލައިގެން ގޮސްފިޔޭ
އުނިކަން އެއިން ލިބި އުންމަތަށް ލޮޚުސާންނިކަން ފޯރައްޖެޔޭ
ނިކަމެތިކަމާ އަނިޔާތަކާ ގިނަގުނަ ސަޒާ ލިބެމުން ދެޔޭ
މިކަމުގެ ނުރައްކާތެރިކަމާ ގެއްލުން ނުހަނު ބޮޑު ވެއްޖެޔޭ
ރަޙުމާއި ކުލުނުން ހިތްފުރައި އަޚުނާއި އުޚުތުންނަށްޓަކައި
އަޚުވަންތަކަން ގާއިމުކުރާ މީހުން މުޅިން ހުސް ވެއްޖެޔޭ
އީމާންކަމާ އިސްލާންކަމާ ފުރިހަމަ ކަމަށް ހީކުޅަޔަކަސް
އީމާންކަމުގެ އަސަރެއް ނުވާ ހިތަށް ނިކަން ގިނަވެއްޖެޔޭ
ނަފުސަށް ތިމާ ބޭނުންވިހައި ކަންކަން އަޚަށް ނޭދޭ ހިނދަކު
ސަފުގައި ހަގީގީ މުއުމިނުން ތެރެއިން ހުރުން އުނިވެއްޖެޔޭ