Support Us

ސުޢޫދީގައި ހުންނަ އީރާން އެންބެސީ ހަތް އަހަރަށްފަހު އަލުން ހުޅުވައިފި

ސުޢޫދީ އަރަބިޔާގެ ރިޔާޟުގައި ހުންނަ އީރާން އެންބެސީ ހަތް އަހަރަށްފަހު އިއްޔެ އަލުން ހުޅުވައިފިއެވެ.

މިއީ 10 މާރިޗުގައި ޗައިނާ މެދުވެރިވެގެން ސުޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދުގައި ގުޅުންތައް އިޢާދަކުރުމާބެހޭ އެއްބަސްވުމުގެ ދަށުން އެޅި ފިޔަވަޅެކެވެ.

އެންބެސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ޢަލީ ރިޒާ ބެގްދަލީ ވިދާޅުވިއެވެ. "މިއަދަކީ ސުޢޫދީ– އީރާނު ގުޅުންތަކުގެ ތާރީޚުގައި މުހިއްމު ދުވަހެކެވެ. ގުޅުންތައް އެންމެ ކުރިބޯށްޓާ ހަމައަށް ވާޞިލުވާނެކަމުގެ އިތުބާރު އެބަ އޮތެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ދެކެމުންދަނީ ގުޅުންތަކުގެ އައު ޞަފްޙާއެކެވެ. މި ކަމުގެ ސަބަބުން ތަރައްޤީއާއި ފާގަތިކަމާއި ހަމަޖެހުމުގެ މައިދާނުގައި ސަރަޙައްދީ އެއްބާރުލުންތައް އިތުރުވެގެންދާނެއެވެ."

ރިޒާ ވިދާޅުވި ގޮތުގައި "ގުޅިފައިވާ ތަފާހުމަކާ ހަމައަށް ވާޞިލުވުމަށާއި ހަމަޖެހުމާއި ސުލްޙަމަސަލަސްކަމާއި ތަރައްޤީއާ ބެހޭގޮތުން ޤައުމުތަކުގެ މެދުގައި ވާހަކަދެއްކުންތަކާއި ގުޅުންތައް ވާޞިލުކުރުމަށް އޮތް ވަސީލަތަކީ ޑިޕްލޮމަސީއެވެ. އަދި އެއީ ޟަރޫރަތެއް ވެސް މެއެވެ."

އޭނާ ވިދާޅުވި ގޮތުގައި "އިރާން– ސުޢޫދީ ގުޅުންތައް އިޢާދަވުމުގެ ސަބަބުން އެކަމުގެ ފައިދާ ސަރަޙައްދަށާއި އިސްލާމީ ޤައުމުތަކަށާއި ބައިނަލްއަޤްވާމީ މައިދާނަށް ކުރާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *