Support Us

ވަޒީފާތަކަށް ގެންނަ އިންޑިއާ މީހުންގެ ހުނަރުތައް ޓެސްޓުކުރާން މަޖުބޫރުކޮށްފި

އެކި ދަންނުތަކުގައި (ޕްރޮފެޝަންގައި) މަސައްކަތްކުރާން ސައޫދީ އަރަބިއްޔާއަށް ގެންދާ ދަންނީ މީހުންގެ ހުނަރުތައް ޓެސްޓުކުރާން މި ޖޫންމަހު ފުރަތަމަ ދުވަހުން ފެށިގެން އެ ގައުމުން މަޖުބޫރުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބައެއް ކަހަލަ ވަޒީފާތަކުގެ ގިންތިތަކުން އެކި ވަޒީފާތަކަށް ގެންނަ މީހުންގެ "ހުނަރު ކަށަވަރުކުރާ ޕުރޮގުރާމު"ގެ ނަމަުގައި ޚާއްޞަ ޕުރޮގުރާމެއް އެ ގައުމުން ވަނީ އިފްތިތާޙުކޮށްފައެވެ. މި ޕުރޮގްރާމުގެ ބޭނުމަކީ މަސައްކަތްތެރީންގެ ފެންވަރު ކަށަވަރުކުރުމާއެކު ފެންވަރު ނެތް މުވައްޒިފުންގެ ގެއްލުމުން ޤައުމު ރައްކާތެރިވުމެވެ.

ފަށައިގަންނަ މަރުޙަލާގައި މި އިމްތިހާނު މަޖުބޫރުވާނީ ނަރުދަމާ ނިޒާމާއި ފެން ވައިރުކުރުމުގެ މަސައްކަތާއި ކަރަންޓު ވައިރުކުރުމާއި ވެލްޑިންކުރުމާއި މި ފަދަ ދަންނުތައް ހިމެނޭ ގޮތުން 19 ދަންނެއްގެ ވަޒީފާއަށް ގެންނަ މީހުންނަށެވެ. އެހެންނަމަވެސް އެހެން ދަންނުތަކަށް ވެސް މި އިމްތިހާނު، ކުރިމަގުގައި މަޑުމަޑުން ފުޅާކުރަމުން ގެންދާން ވަނީ ރޭވިފައެވެ.

އިންޑިއާއާއި އެހެން ބައެއް ގައުމުތަކުން ދުނިޔޭގެ އެކި ގައުމުތަކަށް އެކި ދަންނުތަކުގެ ވަޒީފާއަށް ދާ މީހުން ވަގު ސަނަދު ހުށަހަޅައިގެން އެކިއެކި ވަޒީފާއަށް ދިޔުމުން އެ ގައުމުތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބެމުން ދެއެވެ. ތައުލީމީ ދާއިރާއާއި ސިއްހީ ދައިރާއާއި މި ނޫނަސް ތަފާތު އެކި ދާއިރާއިން މި ފަދަ މީސްމީހުން ވަޒީފާއަށް ނެގުމުން އެ ގައުމުތަކުގެ އިތުރަށް މުޅި އިންސާނިއްޔަތަށް ވެސް ފޫނުބެއްދޭ ފަދަ ގެއްލުންތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

ސައޫދީ ޢަރަބިއްޔާއިން މި އިސްނެގި އިސްނެގުމަކީ ދިވެހިރާއްޖެއިން ވެސް އަދި ދުނިޔޭގެ ހުރިހައި ގައުމަކުން ވެސް އެ ކަމާމެދު ވިސްނައި ފިޔަވަޅު އަޅާން ޖެހިފައިވާ މުހިންމު އިސްނެގުމެކެވެ.

(ޙަވާލާ: އިކޮނޮމިކް ޓައިމްސް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *