...

Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

ތިރީގައި މި ވަނީ އެކި ކަންކަމާ ބެހޭ ގޮތުން މީހަކު ބުނާ ވާހަކައެވެ.

  1. އޭނާގެ ހާލަތު ހެޔޮ މަގަށް ބަދަލުކޮށްލުމާ މެދު ގޮތް ހުސްވެ، ނާއުއްމީދުވާ މީހަކީ އޭނާގެ ހާލަތުގެ ސަބަބު ދެނެގަންނަން މަސައްކަތް ނުކުރާ މީހާއެވެ. އޭނާގެ ހާލަތުގެ ސަބަބު ދެނެނުގަނެވޭ ނަމަ، އޭނާގެ ހާލަތު ބަދަލުކޮށްލަން ތެދުވާނެ ހިއްވަރެއް ވެސް ނުލިބޭނެއެވެ. މިހެން ވުމުން، ހުރިހާ ކަމެއް ފުރިހަމަވެފައިވާ މީހުން ނިކަމެތި މީހާގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ލިބެއެވެ.

މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ތިމާގެ ހާލަތު ބަދަލު ކޮށްލަން އެދޭ ނަމަ، އެންމެ ފުރަތަމަ އެކަމުގެ ސަބަބު ދެނެގަންނާށެވެ. ދެން، އެއަށް ފަހު، އެ ސަބަބު ނައްތާލަން ތެދުވާށެވެ. މި ނިޔަތާއިގެން ތެދުވަން ބޭނުން ނަމަ، އެންމެ ފުރަތަމަ ވާޖިބަކީ، ތިމާގެ ސިކުނޑީގެ މިނިވަންކަން ލިބިގަނެ، އަމިއްލައަށް ވިސްނަން ދަސްކޮށް، އެކަން ކުރުމެވެ.

  1. ޓޫރިޒަމަކީ އިގުތިސޯދުގެ ލޭނާރޭ ބުނެއެވެ. ނަމަވެސް، އެ ލޭނާރުން ލޭ ލިބެނީ މަދު ބައެއްގެ ހަށިތަކަށެވެ. މިކަން ބަދަލުވާން ޖެހެއެވެ.
  2. މަދު ބައެއްގެ އަތްމަތީގައި ތަނުގެ ހުރިހާ ޚައިރާތެއް ހަރުކޮށްލެވިފައިވާ އޮންނަ ތަންތަނުގައި މިނިވަންކަން ލިބިގެން ވަނި ހަމައެކަނި އެބައި މީހުންނަށެވެ. ދެން އެހެން އެންމެން ވަނީ އެބައި މީހުންގެ އަޅުންނަށެވެ.
  3. އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަކީ ތަނުގެ ޚައިރާތުތައް އެންމެންގެ މެދުގައި ހަމަހަމަކޮށް ބަހާލުމެއް ނޫނެވެ. ނަމަވެސް، އެންމެންގެ އަސާސީ ބޭނުންތަކަށް ހަމަހަމަ ގޮތެއްގައި އިޖާބަދިނުމެވެ.
  4. ތަނުގެ ޚައިރާތުތައް ލޫޓުވުމަކީ ތަނުގެ ސިޔާސީ އިސް ސަފުތަކުގައި ތިބޭ މަދު ބައެއްގެ އާދައަކަށްވެ، ހަޔާތުގައި އެ މީހުން ހިނގާ މަގު ކަމުގައި ވުމުން، ދެން، އެ ލޫޓުވުމަކީ މޮޅު މަތިވެރި ގޮތް ކަމުގައި ހަދާލާނޭ ގާނޫނީ ސިފަ ލިބިދޭ ޝަރުއީ ނިޒާމެއް ތަނުގައި އެ މީހުން ގާއިމުކުރެއެވެ. ދެން، އެކަން ވެގެންދަނީ އަޚުލާގީ ގޮތުން ވެސް ހަމަ އެންމެ ރަނގަޅު ކަމަކަށެވެ!
  5. ސިޔާސީވެރިންނަކީ މުސްތަހީލު ކަންކަން ވެސް ކުރެވޭނޭ ބައެއް ކަމަށް ހީކޮށް، އެފަދަ ކަންކަން ކުރުމަށް ސިޔާސީވެރިންގެ ކިބައިން އެދުމުން، އެއްވެސް ޖެހިލުމެއް ނެތި ބުހުތާން ދޮގު ހެދުމުގެ ފުރުސަތު އެ މީހުންނަށް ދެވެއެވެ.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.