Support Us

ކޮލަމް ކޯދު: ލަވައެއް ކިޔައިދޭ ވާހަކައެއް

އަހަރެންގެ ދުނިޔެއަށް އައުމަށް ކަލާއަށް މަރުހަބާ ކިޔަމެވެ!

އަހަރެންގެ ދުނިޔެއަށް ކަލާ ނާންނަމު ހެއްޔެވެ؟

މީހުން އެދޭ ކަންކަންވެ، މުއުޖިޒާތް ފަދަ ކަންކަން ވެސް،

ދޭތެރެ ދޭތެރެއިން ނަމަވެސް ހިނގައެވެ.

އަހަރެންގެ ހިތުގެ ތެރެއަށް، އަވަހަށް، ވަންނާށެވެ!

ކަލާގެ ހުރިހާ ކަންބޮޑުވުންތަކެއް ދޫކޮށްލާށެވެ!

އަހަރެންގެ ދުނިޔެއަށް އައުމަށް ކަލާއަށް މަރުހަބާ ކިޔަމެވެ.

ކަލާ ހިތުގައި ލައިގެން ތައްޔާރުކޮށްފައިވާ އަހަރެންގެ ދުނިޔެއަށެވެ.

ކަލާ އައިސް، އަހަރެންގެ ހިތުގެ ދޮރުގައި ޓަކިޖަހާލާށެވެ!

އޭރުން، އެ ދޮރު ހުޅުވޭނެއެވެ.

ދެން، އެ ހިތުގެ ތެރެއިން ކަލާ ބޭނުން ކަމެއް އެދޭށެވެ!

އޭރުން، އެކަމެއް ކަލާއަށް ލިބޭނެއެވެ.

އަދި، ކަލާއަށް ދެވޭނެ ވެސް މެެއެވެ.

އަހަރެންގެ ހިތުގެ ދުނިޔެއަށް ވަންނަން ބޭނުންވާ ތަޅުދަނޑިއެވެ.

އަދި އަހަރެން އަބަދުވެސް ހުންނާނަމެވެ.

އަހަރެންގެ ދެ އަތް ދަމާލައިގެންނެވެ.

ހަމައެކަނި، ކަލާގެ އިންތިޒާރުގައެވެ.

ކަލާއަށް މަރުހަބާ ކިޔުމަށެވެ!

އަހަރެންގެ ދުނިޔެއަށް ކަލާ އައުމުންނެވެ!