Support Us

މިޞްރު– އިސްރާއީލު ސަރަޙައްދު ނުތަނަވަސްކަމަށް

އަލްޢައުޖާ ސަރަޙައްދީ ހުރަސްމަގު ކައިރީގައި އިއްޔެ ބަދަލުކުރި ބަޑީގެ ޙަމަލާތަކަކާ ވިދިގެން އިސްރާއީލު ސިފައިން މިޞްރާ ގުޅިގެން މި ޙާދިސާ ތަޙްޤީޤުކުރާން ފަށައިފިއެވެ. އިސްރާއީލުން ބުނާގޮތުގައި އެމީހުންގެ ތިން ސިފައިން މަރުވެ އޮފިސަރަކު ޒަޚަމުވިއެވެ.

މިޞްރުން ބުނާގޮތުގައި ބަޑިޖެހުމުގެ މި ޙާދިސާ ހިނގީ ސަރަޙައްދީ ރޮނގު ހުރަސްކޮށް މަސްތުވާތަކެތީގެ ވަގުފާރިކުރާ ބަޔަކު ފަހާ ދިން ޙަމަލާއެއްގައެވެ.

މިޞްރު ސިފައިންގެ ތަރްޖަމާނު ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ އިން ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކުރެވިފައިވާ ޢުންޞުރުތަކުން ޢުންޞުރެއް މަސްތުވާތަކެތި ވަގަށް އެތެރެކުރާ ޢުންޞުރުތަކެއް ފަހާދިޔުމުގެ ތެރޭގައި އަމާން އިންފާރު ފޫއަޅުވައިލައި ދާން ޖެހުނެވެ."

އޭނާ ވިދާޅުވިއެވެ. "ބަދަލުކުރި ބަޑީގެ ޙަމަލާތަކުގައި އިސްރާއީލުގެ ޢުންޞުރުތަކުގެ ތިން ފަރްދަކު މަރުވިއެވެ. ދެ މީހަކު ޒަޚަމުވިއެވެ. މިޞްރުގެ ޢުންޞުރެއްވެސް މަރުވިއެވެ."

އިސްރާއީލުގެ ޢަސްކަރިއްޔާ ބުނާގޮތުގައި ސަރަޙައްދީ ރޮގު ކައިރީގައި ޙަމަލާދިން ޚަރާބީއަކީ މިޞްރުގެ ފުލުހެކެވެ. އިސްރާއީލުގެ ޢަސްކަރިއްޔާއިން ހާމަކުރިގޮތުގައި އެމީހުން ދަނީ އިތުރު ޚަރާބީން ތިބިތޯ ބަލައި ފިޔަވަޅު އެޅުމަށް ޓަކައި މުޅި އެ ހިސާބުގައި އަތްފުނާ އަޅަމުންނެވެ.

އިސްރާއީލު ސިފައިން ބުނާގޮތުގައި މި ޙާދިސާ ތަޙްޤީޤު ކުރެވެމުންދަނީ މިޞްރު ސިފައިންގެ ފުރިހަމަ އެއްބާރުލުމާ އެކުގައެވެ.

ޚާއްޞަ ބާރެއް ފޮނުވުން

އިސްރާއީލު ސިފައިން ބުނާގޮތުގައި އެމީހުން މިހާރު ވަނީ އެ ހިސާބަށް ޢަސްކަރީ ޚާޢްޞަ ފައުޖެއް ފޮނުވައިފައެވެ. އަދި އެ ހިސާބު ބެލުމަށް ޓަކައި ޑްރޯންތަކެއް ވަނީ ފޮނުވައިފައެވެ. އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި ހަތިޔާރުއެޅި އިތުރު މީހުން އުޅެފާނެތީ އިސްރާއީލުން މިހާރު ވަނީ އެ ހިސާބަށް ޚާއްޞަ ފައުޖެއް ފޮނުވައިފައެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު ގެލެންޓް ހާމަކުރެއްވި ގޮތުގައި އޭނާ މި މަސްއަލައާ ބެހޭގޮތުން ޗީފް އޮފް ސްޓާފާއެކު ވަނީ މަޝްވަރާކުރައްވައިފައެވެ. މި ހާދިސާ ހިނގި ގޮތުގެ ތަފްޞީލުތައް މިހާރު ދަނީ އެއްކުރަމުން ޙާލަތު ވަޒަން ކުރަމުންނެވެ.

ގެލެންޓް ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިން އެމީހުންގެ ވާޖިބުތައް އަދާކޮށްފައިވަނީ ވަރަށް އިޚްލާޞްތެރިކަމާއެކުގައެވެ. އެހެނަސް ނަތީޖާ ވަރަށް ނުބައެވެ.

އިސްރާއީލު ފުލުހުން ބުނާގޮތުގައި މިޞްރު ސަރަޙައްދު ކައިރިއަށް ދެވެން އޮންނަ ހުރިހާ މަގުތަކަކާއި ނުކުތާތަކެއް މިހާރު ވަނީ ބަންދުކުރެވިފައެވެ.

މި ޙަދިސާއާ ބެހޭގޮތުން ކޮމެންޓް ކުރައްވަމުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވި ގޮތުގައި މިއީ "އިސްތިސްނާއީ" ކަމެކެވެ. މި ކަމުގެ ސަބަބުން މިޞްރާއެކު އޮތް ސަލާމަތީ އެއްބާރުލުމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *