ޙިއްސުތައް އުންމަތުގެ ސިއްސައިގެން ނުދާންވީ ކީއްވެތޯ؟
ރިއްސުމެއް ވަޙުދަތުގެ ހިތުގައި ނުޖަހަނީ ފެހެ، ކީއްވެތޯ؟
ސައްތައެއްހައި އަހަރު މާޒީ ވާށަ މިދަނީ ޙާލުގައި
ފައްސައެއް ވެސް ނުމެލެވޭ ظَـالِمُ ޔަހޫދީން ކީއްވެތޯ؟
ކާފިރުން މައްޗަށް އުރައިން ދެންމެވި ކަނޑީގެ ޝަދީދުގައި
ދާފިޢަކު މަތި އުންމަތުން ނުވަނީ މިއަދު ފަހެ، ކީއްވެތޯ؟
ކޮންމެ ރެޔަކާ ކޮންމެ ދުވަހެއް ދައުރުވޭ މިޢަޒާބުގައި
ބޮންތަކާ ބަޑިތަކުގެ ޒަޚަމުން މިންޖު ނުވަނީ ކީއްވެތޯ؟
ކުޑަ ކުށެއްވެސް ނެތި އަހަރެމެން ގޯތި ގެދޮރުން ބޭރުކޮށް
ކުޑަކުދީން މެރިޔަސް އަޅައިނުލަނީ އެއީ ފަހެ، ކީއްވެތޯ؟
މަސްޖިދުލް އަޤްޞާގެ ބާރަށް ظَــالِمُ ން ވެރިވާ ވުމަށް
ފަސްޖެހެވިފައި އަދު މިއުންމަތް އޮންނަނީ ފަހެ ކީއްވެތޯ؟
ޢަދަދު ކުރެވެން ވެސް ނެތޭ މެރިހައި ފަލަސްޠީނީން އެހެން
މަދަދުދޭޭނޭ، ނަޞުރުދޭނޭ، ބަޔަކު ނުވަނީ ކީއްވެތޯ؟
حَسْبُنَا اللهُ ން އެކަނި ފުއްދައިލުމޭ މިއަދަށް އޮތީ
ނަސްލު ފޮހެލާއިރު އެކަން ބޮޑުވާ ބަޔަކުނެތް، ކީއްވެތޯ