Support Us

ކޮލަމް ކޯދު: ލަވައެއް ކިޔައިދޭ ވާހަކަ- އެ ދުވަސްތައް އަދު ކޮބާހެއްޔެވެ؟

"އަހަރުމެންނާ ވަކިވެ ދިޔަ އެ ދުވަސްތައް މަތިން އަދިވެސް ހަނދާން އެބަހުއްޓެވެ.

ޒަމާން، އަހަރުމެންނަށް ހަދިޔާކުރި އެ ހިނދުކޮޅުތަކުގެ މަތިންނެވެ.

ކަލާއާއެކުގައި އެއްތަނެއްގައި، ކަލާގެ ސުހުބަތުގައި

ދެ މީހުން އެކަކަށްވެ، ހޭދަކޮށްލެވުނު ވަގުތުކޮޅުގެ މަތިންނެވެ."

"ދެން، ކަލާގެ ހިނިތުންވުން ވަރަށް ކައިރިން ފެނުނެވެ.

ކަލާގެ ލޮލާއި އެ ލޮލުގެ ލަދުރަކިކަން ވެސް މެއެވެ.

ޑިސެމްބަރުގެ އެ ދުވަސްކޮޅެވެ.

ފިނި ޖައްވެއްގެ ތެރޭގައިވިއެވެ."

"އަހަރުމެންގެ ލޯބީގެ އެ މޫސުމަށްވީ ކީއްހެއްޔެވެ؟

އަހަރުމެންގެ ލޯބީގެ އެ މުސުން ގެއްލުނީ ކިހިނެއް ހެއްޔެވެ؟

އަހަރުމެންގެ ލޯބީގެ މޫސުން ވަކިވެ، ދިޔައީ ކޮންތާކަށް ހެއްޔެވެ؟

އެކަންކަން އަހަންނަކަށް ހަމަ ނޭނގުނެވެ!

ނަމަވެސް، ލޯބީގެ އެ މޫސުން ހިތުގައި ބިންވަޅު ނެގިފައި އެބައޮތެވެ.

ދުވަހެއްގައި ވެސް ހަނދާނުން ފިލައިގެން ނުދާނޭ ގޮތެއްގައެވެ."

ލޯބީގެ އެ މޫސުމުގެ ރޭތަކު މަތިން ވެސް ހަނދާން އެބަ ހުއްޓެވެ!

އަދި، އެ ރޭތަކުގައި ދެއްކުނު ވާހަކަތައް މަތިން ވެސް އަދި ވެސް ހަނދާން އެބަ ހުއްޓެވެ!

ދެ މީހުން އެކަކަށްވެ ތިބެ ދެކެވުނު އެ ވާހަކަތަކެވެ!

އަދި، ކަލާގެ މަޑު މަޑު ބީހިލުންތަކުގެ ހަނދާން ވެސް މެެއެވެ.

މިކަންކަން ގެނެސް، ލޯބީގެ ހުޅުކޮޅެއް ރޯކޮށްލުމަށް ފަހު ކަލާ ގެއްލި ދިޔައީއެވެ!

ކަލާ ދިޔައީ ކޮންތާކަށް ކަމެއް ހަމަ ނޭނގުނެވެ.

ނަމަވެސް، ކަލާގެ އެ ހަނދާންތައް ހިތުގައި ބިންވަޅު ނެގިފައި ވެއެވެ.

ދުވަހެއްގައި ވެސް ހަނދާނުން ފިލައިގެން ނުދާނޭ ގޮތެއްގައެވެ."

{މި ލަވަ އޭގެ މައްޗަށް ބިނާވާ އަސްލު ލަވަ [ޓެޑް މަލްރީގެ މޭމަރީޒް – ހަނދާންތައް] ތިރީގައި އެ ވަނީއެވެ.)