ދިވެހިގައުމަށް ނަޒަރުހިންގައި އެކަކު ފިކުރެއް ކުރޭ ހެއްޔޭ
ރިވެތި އަޚުލާޤުގައި ޖީލެއް ބިނާ ކުރުމަށް އުޅޭ ހެއްޔޭ
ޖަމާޢަތުގައި އިހަށް އޮތް އާދަތައް ހެޔޮ ނެތި އޮޔާ ދިޔައިރު
ސަމާލުކަމެއް އެއަށަ ދީގެން ކަމެއް އެއްވެސް ކުރޭ ހެއްޔޭ
ދޮށީމީހުން ފެޔަށްލާފައި ޅަމީހުން ކަންކަމަށް ލީމާ
ފޮށީގައި ހުންނަ ފަތްފުށްތައް ބުނާ އިމުގައި ހިނގޭ ހެއްޔޭ
އުނގަށްލައިގެން އުޅޭ ދަރިފުޅު ސުކޫލަށްލައި ދިނަސް ކިޔަވާ
އުނގަންނައި ދިނުމުގައި އަޚްލާޤަކުން ސިފައެއް ލިބޭ ހެއްޔޭ
ވަށާ ހޯދާ ބަލާ ހެދިޔަސް މައިންބަފައިންގެ ކިޔަމަނުގައި
އަށާރަ އަހަރު ފުރޭ ދަރިޔަކު މަދުން ނޫނީ އުޅޭ ހެއްޔޭ
ތިމާގެ ފުރާނަޔާ ނަފުސާ މުދާ އަދި ހޭދަ ކޮށްގެން ވެސް
ޙިމާޔަށް އަނެކުނަށް ދިނުމަށް އުޅޭ މީހަކު ފެނޭ ހެއްޔޭ
މިވެނި މީހާ ނާމޫނާއެއް ކަމަށް ހެޔޮ ދެކެ އެސިފަ ލިބުމަށް
ދިވެހިފަސްގަނޑުމަތިން މީހަކު ވަކިން ދެެއްކޭނެ ހުރި ހެއްޔޭ
އެހެންކަން، ކަން ހުރީ އެނގިގެން ހިތަށް އެކަމާ އަސަރު ކޮށްގެން
އެހެން ގައުމަށް ނުވާނެ ގޮތެއް ހަދަން މީހަކު އުޅޭ ހެއްޔޭ