Support Us

ތިން ދުވަސް ފަހުން ޔާސިރު ވަޅުލައިފި

މަރުވިތާ ތިން ދުވަސް ފަހުން، ޔަމަން މީހާގެ ހަށިގަނޑު މިއަދު މެންދުރު ވަޅުލައިފި އެވެ.

އުމުރުން 44 އަހަރުގެ ޔާސިރު ޔަހުޔާ ސާލިހު މުޢީތު، މި މަހު ދެ ވަނަ ދުވަހު މަރުވީ އިމިގްރޭޝަންގެ ބަަންދުގައި ހުއްޓައި ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ ހާލު ދަށްވީ ބަންދުގައި ހުރެގެން، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމުން ކަމަށް ކަރެކްޝަންސުން ބުނެ އެވެ.

އާސަހަރާގައި މިއަދު މެންދުރު ވަޅުލުމާ ހަމައަށް ޔާސިރުގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގަ އެވެ.

ޔާސިރު ރާއްޖެ އެތެރެވެފައި ވަނީ 2014 ވަނަ އަހަރު ކަމަށް އިިމިގްރޭޝަނުންް ބުނޭ -ފޮޓޯ: ސޯޝަލް މީޑިއާ

ދިވެއްސަކާ އިނދިިގެން ދަރިއަކު ވެސް ހުންނަ ޔާސިރު ރާއްޖެ އެތެރެވެފައި ވަނީ 2014 ވަނަ އަހަރު ކަމަށް އިިމިގްރޭޝަނުން ބުނެ އެވެ. އަދި އޭނާގެ މައްޗަށް ޓެރަރިޒަމަށް ޝައްކުރެވޭތީ އެ މުއްދަތުގެ ތެރޭގައި ފުލުހުން އޭނާގެ ހަރަކާތްތައް ބަލަމުން ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޔާސިރު މަރުވި ފަހުން، އޭނާއާ ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާއި ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް އިން ނެރުނު ގުޅިފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޔާސިރަކީ އަލްގައިދާގެ ޓެރަރިސްޓް ޖަމާއަތުގެ އިސް ފަރާތެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޖަމާއަތުން ހިންގާ އެކިއެކި ޓެރަރިސްޓް ހަރާކާތްތައް ރާވާ ވިލަރެސްކުރުމުގެ އިތުރުން ފުލުހުން ތަހުގީގުކޮށްފައިވާ ޓެރަރިޒަމްގެ މައްސަލަތަކުގައި ހިމެނޭ ދިވެހިންނާ އޭނާއާ ގުޅުން ބަދަހިކޮށްފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *