Support Us

ފަހަށް ނުބެލޭ ޒަމާނީ ތަރައްޤީ

ޒަމާނުން އޭގެ ފޮނިރަހަދިން ޤަރުނުތައް އިސްވެ ދިޔައީޔޭ
އަމާންކަމުގައި ޖިފުޓިތަކުގައި އުޅުން މާޒީވެ ނިމުނީޔޭ

އަވަށްޓެރިޔާގެ ޙައްޤުތަކާ ތިމާގެކަމާ ބަދަހި ގުޅުމާ
"މަވައްދަތު"ގައި އުޅުނު ގާތްކަން މުލުންލުހި ގެއްލި ނިމުނީޔޭ

ރަށެއް އެއް ޢާއިލާއެއްފަދަ ބަދަހިި ގުޅުމެއް މަތީ ތިއްބާ
ރަށެއް އެއްފަސް ކުރަން ފެށުން ގުޅުން މަތިވެރިވި އުވުނީޔޭ

ކަތީބާ ކުޑަކަތީބާ އަދި މުދިމު، ސިފައިން ރަށަށް ނުގެނެސް
މަތީގައި އަމުރުތަކުގެ ތިބޭ އުކުޅު ވެސް ފަހުމު ނުވަނީޔޭ

ބިމުން ބޯފެން ނަގައިގެންބުއި ބުއިން ސަޕްލައިފެނާ ގުޅުމުން
ބިމުގެ ފެންބޯންޖެހޭ ވަގުތެއްް ވެދާނޭ ހީ ނުކުރަނީޔޭ

ރިޔާތައް ނެގި އުކައިލެވުނޭ ތެލާ އިނޖީނު އަތު ޖެހުމުން
ކިޔާތީ އަޑުއިވުނު ފަދަބޮޑު ޤިތާލަށް ބުއްދި އުނިވީޔޭ

އެއިން ކައިހެދި ރުކާ ގަސްގަސް ގެދޮރު ހެދުމަށް ކަނޑައިހެދުމުން
ކެއިން ބުއިމަށް ދުނިޔެ ދަތިވާ ވަގުތު ސަހަރޯ ގޮވަންވީޔޭ

ގެދޮރު އެޅުމަށް ގިފިއްޔާ ވަޅު ހަނޑަށްބުރިޔާ އުވައި ލެވުމުން
ގެދޮރުގައި ފެން ކަރަންޓުކެޑޭ ދުވަހު ތާހިރު ނުވާންވީޔޭ

ހިތަށް އެރިހައިކަމެއް ދެއަތުން ބޮލުން ނުކިރައި މިއަދު ކުރަނީ
މިތަންވަޅުގައި ލިބޭ މަންފާގެ އެކަނި ބޭނުން ވެވޭތީޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *