އެމެރިކާގެ ކުރީގެ ރައީސެއް ކަމުގައިވާ ރިޗަރޑް ނިކްސަންގެ އިދާރިއްޔަތުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި "ސިޔާސީ ހިޔަޅެއް" ކަމަށް ސިފަކުރެވޭ ޑރ. ހެންރީ ކިސިންޖަރ (ޢުމުރުފުޅު 100 އަހަރު) އިސްލާމީ ޖަމާޢަތްތަކާ ބެހޭ ގޮތުން ކުރެއްވި ދިރާސާއެއްގައި ދުނިޔޭގެ މުސްލިމުން ފަސް ބަޔަކަށް ބައްސަވައި ގިންތިކުރައްވައިފިއެވެ.
އޭނާ މި ދިރާސާގައި ވިދާޅުވެފައިވާ ގޮތުގައި ޢާލަމީ އައު ނިޒާމަކަށް ހުރަސްއަޅައި ހަމައެކަނި ބަހާއަކީ އިސްލާންދީނެވެ. އެހެންކަމުން އޭނާގެ މި ދިރާސާގައި އިސްލާންދީނުގެ އުޞޫލުތަކާއި މަލަތައް އުނގެނުމަށް ހުޅަނގަށް ގޮވައިލައްވައިފައި ވެއެވެ.
އޭނާގެ މި ދިރާސާ ބުނާގޮތުގައި މުސްލިމުން ބެހިގެންވަނީ ދަރަށާއި ގިންޏަށެވެ.
ދަރަކީ ހަމަހިމޭން މުސްލިމު ރައްޔިތުންނެވެ.
ގިންޏަކީ އިސްލާންދީނަށް ޓަކައި މަސައްކަތް ކުރާ އިސްލާމީ ޖަމާޢަތްތަކެވެ. މި ޖަމާޢަތްތަކުން މި ދަރުތަކުގައި ރޯކުރަން މަސައްކަތް ކުރެއެވެ.
އޭނާ ވިދާޅުވިއެވެ. އަހުރެމެންގެ އަސާސީ މުހިއްމަތަކަށް ހަދަން ޖެހޭނީ ގިންޏާ ދަރާ ދުރުކުރުމެވެ. އިސްލާމީ ޙަރަކާތްތަކުން ކުރަމުންދާ ހަނގުރާމަތަކާ އެމީހުން ފޭރުމެވެ. އެމީހުންނާ މި ޙަރަކާތްތަކާ ދެމެދަށް ވަދެ ހުރަސްއެޅުމެވެ.
ކިސިންޖަރ ވިދާޅުވިއެވެ. "އަހުރެމެންގެ ދެވަނަ މުހިއްމަތަކީ ގިނީގެ ބާވަތްތަކާއި މި ގިނިންޏާ މުސްލިމު ރައްޔިތުންނާ ދެމެދުގައިވާ ދުރުމިން ދެނެގަތުމެވެ. މި ގިނި އެ ރައްޔިތުންނާ ކައިރިވެ ދުރުވަމުންދާ ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހޭނެއެވެ." އޭނާ ވިދާޅުވި ގޮތުގައި މި ގިނިތައް އެކަތި އަނެކައްޗާ ކޯޅުން މަތީގައި ދެމެހެއްޓުމަށް ވެސް މަސައްކަތް ކުރަންވާނެއެވެ.
އޭނާ ވިދާޅުވިގޮތުގައި މި ގިނިތައް ދިރާސާކޮށް ތަޙްލީލުކުރުމުން އެނގުނީ މި ގިނިތައް ފަސް ގިންތިއަކަށް ބަހައިލެވިދާނެކަމެވެ.
އެންމެ ނުރައްކާތެރިކަން ކުޑަ: އެއީ ޢަޤީދާއަށް އިސްކަންދޭ ޖަމާޢަތްތަކެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންނަށް ބަލާއިރު އެމީހުން ނުރައްކާތެރި ބަޔަކަށް ވިޔަސް އެމީހުންގެ ކިބައިން އަހުރެމެންނަށް ފައިދާ ޙާޞިލުކުރެވިދާނެއެވެ. އެހެނީ އެމީހުންނަކީ ގިނަ މުސްލިމުން ކާފަރުކުރާ ބައެކެވެ.
ދެވަނައަށް ނުރައްކާތެރިކަން ބޮޑު: މިއީ އަޚްލާޤަށާއި ގިޔަމުތަކަށް އިސްކަންދޭ ޖަމާޢަތްތަކެވެ. ތަބްލީޣީ ޖަމާޢަތްތަކާއި ޞޫފީ ޖަމާޢަތްތައް ހިމެނެނީ މި ގިންތީގައެވެ. އެމީހުންނަކީ ނުރައްކާތެރި ބައެކެވެ. އެމީހުންގެ ގިޔަމުތަކާއި އިސްލާމީ މުޖްތަމަޢުގެ ގިޔަމުތަކާ ގުޅިފައިވާތީއެވެ. ޢާލަމީ ގިޔަމުތަކާ ގުޅުމެއް ނެތެވެ.ހުޅަނގުގެ ގިޔަމުތައް ޗައިނާގެ ގިޔަމުތަކާ ތަފާތެވެ. ޖަޕާނުގެ ގިޔަމުތަކާ ތަފާތެވެ. އެމީހުންގެ ކިބައިން އަހުރެމެންނަށް ފައިދާ ލިބިގަނެވިދާނެއެވެ. އެމީހުން އަހެރެމެންނާ ދެކޮޅަށް އަރާރުންތަކެއް ނޫފައްދައެވެ. އެހެންކަމުން އެމީހުން ހަނި ދާއިރާއެއްގެ ތެރޭގައި ތާށިކޮށްފައި ބައިތިއްބިދާނެއެވެ.
ނުރައްކާތެރިކަމުގެ ގޮތުން ތިންވަނަ ދަރަޖަ: އެއީ ސަޤާފަތަށާއި ދިރާސާ ކުރުމަށް އިސްކަންދޭ ޖަމާޢަތްތަކެވެ. އެމީހުން ފޮތްތައް ދިރާސާކޮށް ޙަޤީޤަތް ހާމަކުރެތެވެ. މިއީ ވަރަށް ނުރައްކާތެރި ބައެކެވެ. އެމީހުން މުސްލިމުން ހޭލުންތެރިކޮށް އިސްލާމީ އުންމަތް ދިރުވަން މަސައްކަތް ކުރާތީއެވެ. މުސްލިމުންނަށް ފަޚްރުވެރި މާޒީއެއް ލިބިފައިވާކަން ހާމަކުރާތީއެވެ. މި ފަޚްރުވެރި ދަރަޖައަށް އުފުލިގެން ދިޔުމަށް ގޮވައިލާތީއެވެ. އެހެނަސް އެމީހުންގެ ނުރައްކާތެރިކަން އެހާ ބޮޑެއްނޫނެވެ.
ނުރައްކަތެރިކަމުގެ ގޮތުން ހަތަރުވަނަ ދަރަޖަ: މިއީ އިސްލާން ދީނަށް ޓަކައި ހަނގުރާމަ ކުރުމަށް ގޮވައިލާ ޖިހާދީ ޖަމާޢަތްތަކެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި މިއީ ވަރަށް ނުރައްކާތެރި ބައެކެވެ. އެމީހުން ތިން އަހަރުތެރޭގައި ވަރަށް ހަރުދަނާ ޙަރަކާތްތަކެއް ބިނާކުރާނެތެވެ. އެހެނަސް އެމީހުންގެ އާހިތައިގެ ސަބަބުން ތިން މިނެޓުތެރޭގައި މި މަސައްކަތް ކުދިކުދިވެ ނެތި ފަނާވެ ހިނގައިދާނެއެވެ.
ނުރައްކާތެރިކަމުގެ ގޮތުން ފަސްވަނަ ދަރަޖަ: މިއީ އެންމެ ނުރައްކާތެރި މީހުންނެވެ. މި މީހުން އިސްލާންދީނާ މެދު ބަލާނީ ވަރަށް ޝާމިލުކޮށްނެވެ. އެމީހުން ހުރިހާ ދުރުމިންތަކަކުން މަސްއަލައަށް ބަލާނެއެވެ. އަހުރެމެން ޝިޢާރެއް އުފުލައިފިނަމަ އެމީހުން އަހުރެމެންނާއެކު އެ ޝިޢާރެއް އުފުލާނެތެވެ.އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކައިފިނަމަ އެއަށް އާއެކޭ ބުނާނެތެވެ. އެހެނަސް އެމީހުން އިންސާނީ ޙައްޤުތަކަށް ބަލާނީ އަހުރެމެންގެ މިންގަނޑަކުންނޫނެވެ. އެމިހުންގެ މިންގަނޑުންނެވެ. ދީމުޤްރާތީ ނިޒާމުގެ ވާހަކަ ދައްކައިފިނަމަ އެމީހުން އެއަށް ވެސް އާއެކޭ ބުނާނެއެވެ. އެހެނަސް އެމީހުންގެ މަފްހޫމުންނެވެ. އަހުރެމެންގެ މަފްހޫމަކުން ނޫނެވެ. އަހުރެމެން އުފުލާ ކޮންމެ ޝިޢާރެއް އެމީހުންގެ މަފްހޫމާ އެއްގޮތަށް ބައްޓަން ކުރާނެއެވެ. މިބައިމީހުންގެ ނުރައްކާތެރިކަން ދެ ކަމެއްގައި ވަންހަނާވެފައި ވެއެވެ.ފުރަތަމަ ކަމަކީ އެމީހުން ހޯދައި ދެނެގަތުން އުދަނގޫކަމާއި އަހުރެމެންގެ ތެރެއަށް ވަދެގަންނަގޮތް ފަސޭހަކަމެވެ. ކޮންގްރެސްގައި ދިރާސާތައް ކުރާ މީހުންގެ ތެރޭގައި އެމީހުން ތިބެދާނެއެވެ. ދެވަނަ ކަމަކީ އެމީހުން ދައުލަތެއްގެ ތަޞައްވުރާއި ބައްޓަމާ އެއްގޮތަށް ތިބުމެވެ. އެމީހުން ކުރިމަގަށް ތައްޔާރުވެގެން ތިބުމެވެ.



advertisment
2 Responses
މިފަދަ ލިޔުން މިފަދަ ނޫސްތަކުގައި ޖަހާކަށް ހިތެއް ނުރުހޭ. އެހެންނަމަވެސް މިފަދަ ލިޔުންތަކަށް ގޮންޖަހައި އޭނާގެ ދިރާސާ ގޯސްކަން ކިޔައިދީ ހާމަކޮށްދީފައިވާނަމަ މި ލިޔުން ކަމުދިޔައީސް. އަނެއްކޮޅުން މިފަދަ ލިޔުންތަކުގެ ސަބަބުން މި ލިޔުންތައް ކިޔައިފާނޭ، ޢަޤީދާ ބަލި މީހުންނަށް މިއިން ނުބައި އަސަރެއް ކޮށްފާނެ. މި ލިޔުން ކަމަކުނުދޭ. މިފަދަ ނުބައިމީހަކަށް ދަރަޖަ މަތިކޮށް މި ޢިބާރާތްތައް ފަރުމަކުރުމުންވެސް ހިތަށް ރުޅިވެރިކަން ވަދޭ.
Mi soru ge budhdhi rangalheh noon. Sababakii Hajjuge maayy alhukamaai Ramadan mahuge maayy alhukanthakaai reaai dhuvaalu muslimun kuraa 5 namaadhun aee ebbaehkan neygey kandu koheh kamahvaathii.