Support Us

މިންގަނޑަށް ނުފެތޭ 20 ތަނެއް އިއްޔެ ވެސް ބަންދުކޮށްފި

ނޭޝަނަލް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑަށް ނުފެތޭ 20 ތަނެއް އިއްޔެ ވެސް ބަންދުކޮށްފި އެވެ.

ކޮވިޑް19 ބާރު ސްޕީޑުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް، އާންމުންނަަށް ހިދުމަތްދޭ ތަންތަން އިނިސްޕެކްޓް ކުރުމަށް އެޗްޕީއޭ އިން ފަށާފައިވާ މަސައްކަތުގެ ދަަށުން މި އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު 33 ތަނެއް ބަންދުކުރި އެވެ. އަދި އިއްޔެ 146 ތަނެއް ބަލައި ފާސްކުރިއިރު، އެޗްޕީއޭގެ މިންގަނޑުތަކަށް ނުފެތިގެން ބަންދުކުރި 20 ތަނުގެ ތެރޭގައި 10 ފިހާރައަކާއި އަށް ސެލޫން/ބޯކޮށާތަނާއި ތިން ކެފޭ/ރެސްޓޯރެންޓެއްގެ އިތުރުން ދެ ޖިމް ހިމެނޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑް19 ފެތުރެމުންދާ މިންވަރުު އިތުރުވަމުންދާ ނަމަ، ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް، ފިހާރަތަކާއި ކެފޭތައް ބަންދުކުރަން ޖެހިދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ދެވަނަ ލޮކްޑައުން އަކަށް ނުގޮސް، މިހާރު ދީފައިވާ ލުއިތަކާ އެކު ކުރިއަށް ދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް19 އަށް އިއްޔެ ޕޮޒިޓިވްވި 153 މީހުންގެ ތެރޭގައި ހިމެނެނީ 116 ދިވެހިންނާއި 22 ބަންގްލަދޭޝް މީހުންނާއި 11 އިންޑިއާ މީހުންނާއި އިޖިޕްޓް މީހަކާއި ބްރިޓަން މީހެއްގެ އިތުރުން ކެންޔާ މީހެކެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4446 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1719 އެބައުޅެ އެވެ.

މިބަލި ޖެހިގެން މިހާތަނަށް 2693 މީހުން ރަނގަޅު ވެފައިވާއިރު 105 މީހަކަށް ހޮސްޕިޓަަލްތަކުގައި ގެންދަަނީ ފަރުވާދެމުންނެވެ. އަދި މިހާތަނަށް މި ބަލި ޖެހިގެން 19 މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން ގެންދަނީ އަޅަމުންނެވެ. އެގޮތުން މާލޭ ސިޓީގައި ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްގެ ހިދުމަތްތައް ވެސް 9:30 ގައި ނިންމާލުމަށްފަހު އެތަންތަން ބަންދުކުރަން ވަނީ އަންގާފަ އެވެ. މީގެ އިތުރުން އެއް ތަނެއްގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *