ރާގު: ދާންވީހެ މަރުވެގެން ހިތާމައިން……
ދޫކޮށް ނުލާށެ ހެޔޮ ގޮތާ ފެޔަށް މި ގައުމުދާން
ދޫކޮށްލިނަމަ އަޅައި ނުލެވި ދެޔޭ ފަސާދަވާން
ކޮންމެ ފަރުދަކާ މިކަން އަދާކުރަން ޖެހޭކަމުން
ކޮންމެ ޒިންމަތެއް ވަނީ އަމާނަތުން އަދާކުރާން
އިސްވެ ތިއްބަވާ ވެރީން މިކަން ނުވިސްނަވައިފި ނަމަ
ވިސްނުމާ އުޅުން ދެޔޭ ކަތުންގެ ނެތި ޚަރާބުވާން
އިސްވެދިޔަ ޒަމާން ތަކުން ފެނޭ ފަސާދަ ގައުމުތައް
ޖިސްމުތައް ފަނާވިގޮތް ބަލައި ޖެހޭ ހަނދާން ކުރާން
ލޫޠު ގައުމު، މަދްޔަނާ ޢާދު ބާގަޔާ ސަމޫދު
ބޫތުކެއި ޢަމަލުތަކަށް ފިސާރި ވާނެ ހޭ އަރާން
ބާރުގަދަ ކިތައް ވެރީން އެފަދަ އެތައް ޙަޟާރަތާ
އާރުލީ ގޮތާ ނުލީ ގޮތަށް ޖެހޭ ބަލައި ހަދާން