Support Us

އަނބިމީހާގެ ޖަވާބުން ފިރިމީހާ ބަސްހުއްޓުން

ފިރިޔަކު ނިދަން އޮށޯވެފައި އެނާގެ އަނބިކަމަނާއާ ސުވާލުކުރިއެވެ.

"ލޯބިވާއެވެ. ޚާލިދު ބުން ވަލީދު ކިތައް ކައިވެނި ކުރެއްވިކަން ތިބާ އަށް އެނގޭ ހެއްޔެވެ؟ އެކަލޭގެފާނުގެ ކިތައް އަނބިކަނބަލުން ތިއްބެވިކަން އެނގޭ ހެއްޔެވެ؟"

އެހިނދު އަނބިކަނބުލޭގެ އޭނާގެ ފިރިމީހާއަށް ފުރަގަސްދީގެން ދެތިން މިނިޓް ވަންދެން އޮތުމަށްފަހު ތެދުވެލާފައި ބުންޏެވެ.

"ޚާލިދު ބުން ވަލީދު ކިތައް ހަނގުރާމަ ކުރެއްވިކަން ތިބާ އަށް އެނގޭހެއްޔެވެ؟ އެއީ ކިހާ ހިތްވަރު ގަދަ، ޖެހިލުން ކުޑަ، ކެރޭ ފަހުލަވާނެއްކަން ތިބާ އަށް އެނގޭ ހެއްޔެވެ؟ ކިތައް ބިން ފަތަޙަ ކުރެއްވިކަން ތިބާ ދެނެހުރީމު ހެއްޔެވެ؟ އެންމެ ގަދަފަދަ ޢަދުއްވުން ވެސް އެކަލޭގެފާނު ކުރިފުޅުމަތީގައި ބިރުން ތުރުތުރު އަޅައިގަނެއެވެ. އެކަމަކު މިގޭ ބަދިގޭން މީދަލެއް ފެނުނު ދުވަހު ތިބާ އޮތީ ބިރުން ހޭނެތިފައެވެ."

ދެން ފިރިމީހާ އަނގައިން އެއްވެސް އެއްޗެކޭ ނުބުނެ ނިދައިފިއެވެ.

ނޯޓް: ހަތަރު އަނބިން ހޯދުމަށް، ޚާލިދު ބުން ވަލީދާ އެއްވަރަށް ހަނގުރާމަ ކުރަން ޝަރުތުކުރައްވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *