ޔާރައްބި އަޅާ ލައްވައި ފާނދޭވެ މި ނުޢުމަތުގައި
ދާރަށް އުދަލާ އަަމަނާ ކެނޑިނޭޅި އޮހޭ ގޮތުގައި
***
ނޫރު ނަބަވީ ހިތުގައި އަލިކަން ފޯރާ އިމުގައި
ކޫރުން އީމާން ކަމުގައި ނޭޅޭނެ ޔަޤީން ކަމުގައި
މޫރިތިވި ރިވެތި ޚުލުޤީ ހުރިހައި މާތް ސިފަތަކުގައި
ހުއްދަވި އިންތައް ދަނެގެން ރަނގަޅާ ނުބަޔާ އެނގިގެން
ކުށްފާފަ ތަކުން ދިނިގެން ސީދާ މަގުގައި ހުރެގެން
ފުށްފުށުގެ އިޝާރާތަށް ލަންބައި ނުލެވޭ ގޮތުގައި
ޖަންނަތުގެ އުފާވެރިކަން މަޙްޝަރު ދުހުގައި ދެއްވައި
މަންޒިލްގެ ގޮތުން ގާތްކަން ކައުސާޙިބު އާ ދެއްވައި
ކަންވާރު ތަކުން މިއަޅަށް ކައުސަރު އުފާ ދެއްވައި
