ރާގު: ޔާމެރީ މަންޒިލް ބަތާ…
ލޯބިވާ މަންމަގެ ހަނދާން ދުވަހަކު ހިތުން ނުފިލާނެޔޭ 2
ލޯބިވެތި ރަޙުމާ ކުލުނު، ފިރުމުން ހަނދާން ނުފޮހޭނެޔޭ
ލޯބިވާ މަންމަގެ ހަނދާން ދުވަހަކު ހިތުން ނުފިލާނެޔޭ
ރޭދުވާ ނިންޖެއް އަރާމެއް ނެތި އުފުލިހައި ބުރަތަކުން 2
ވޭނުގައި ރިހުމާ ތަދަށް ނުބަލައިވި ޤުރުބާނީތަކުން
ލޯބިވާ މަންމަގެ ހަނދާން ދުވަހަކު ހިތުން ނުފިލާނެޔޭ
ކިހިނަކުން ވާޖިބު އަދާ ކުރެވޭހުށީ ޒައްރެއްގެ ވެސް 2
ބަރުދަނަށް އެތަކެއް ފަހަރު މަންމަގެ ބަރަށް ހުސް ރަންދިނަސް
ލޯބިވާ މަންމަގެ ހަނދާން ދުވަހަކު ހިތުން ނުފިލާނެޔޭ
ބަދަލުގައި ހުންނާނަމޭ ޚިދުމަތް ކުރަން މުޅި ޢުމުރުގައި 2
ލޮލުގެ ފިނިކަން މަންމަޔަށް އަބަދަށް ލިބުން އެދި ގާތުގައި
ލޯބިވާ މަންމަގެ ހަނދާން ދުވަހަކު ހިތުން ނުފިލާނެޔޭ
ދިންނެވުން މަހްޝަރު ދުވަހުގައި މަންމަޔަށް ކުރަމޭ ދުޢާ 2
އެދުވަހުން ވެސް މަންމަޔާ އެކުގައި ވުމަށް އެދިގެން ދުޢާ
ލޯބިވާ މަންމަގެ ހަނދާން ދުވަހަކު ހިތުން ނުފިލާނެޔޭ



advertisment