ރާގު: ނެތުމުގެ ތެރޭން މިޢާލަމް…
ވޮޑިގެންވި ހެކި ތަކޭމީ ރައްބުލް ޢުލާ ތަޢާލާ
އަޑިޔާ މަތީގެ ހުރިހައި މާއްދާ ތަކާއި އަޞްލާ
***
ކައުނާ ފަޒާ ތެރޭގައި ފަލަކުން ހިނގައި އެދާހައި
ތަރިޔާ ހަނދާ ގުރަހަޔާ
ނޫރުން ވިދާ އެ ބަބުޅާ ވިދުވަރު ތަކުން އުޖާލާ
ޖައްވުގެ ތެރޭން ވިލާތައް އުފުލާ ފެނާއި ސިއްރާ
ވާރޭ ފެނާ ވެހޭހާ
ދިރުމާ ގުޅޭ ގުޅުމުގާ ޢިލްމުން އެނގޭ ދަލީލާ
ވާރޭ ފެނުން މިބިމުގާ ފެހިގަސް ފަޅައިމެ ހެދިފާ
ކުލަތައް ތަފާތު މޭވާ
ރިޒުޤުގެ ގޮތުން އަޅާފައި ލިބުމުންމެ މީރު ރަހަލާ
ފޯދޭ ގަހާ ގެހީގާ މާތައް ރިވެތިވި ފޮޅިލާ
ވަސްމީރުވީ ޝަޒާ މާތް
ފަތުރާ ގޮތުން ފަޒާގާ ވައިރޯޅި ނަލަވި ޖެހިލާ
އޮށަކުން ފަޅާ ގަހެއްގާ ލަކުޑީގެ އާރު ހަރުލާ
މަންފާ ތަކާ އެއިންވާ
އިންސާނުނަށް ލިބޭގޮތް ވިސްނާ ފިކުރުމެ ކޮށްލާ
