ގައުމީ ލެޔާ ވިންދާ ގުޅޭ ކަމަކާ ދެކޮޅު ނަހަދާށިޔޭ
ގައުމަށްޓަކައި ޤުރުބާންވުމަށް އަތުކުރި އޮޅައި ތެދުވާށިޔޭ
އަލިރަސްގެފާނު ކުރެއްވި ފަދަ ގަދަ ހިތްވަރާ ޖޯޝާއެކީ
ފަލިވަޅު އަޅައި ކުރިޔަށް އަރަން ފައްޔަށް އަރަން އިސްވާށިޔޭ
ބޮޑުތަކުރުފާނުންފަދަ ކެރޭ ބަޠަލުން ކަމަށް އެންމެން ވެގެން
ބޮޑު ފަރެކެ ހީކޮށް ފަރުދަށަށް ދީލައި އުޅަނދު ނުމެލާށިޔޭ
ޣާޒީގެ ނަންފުޅު ޚާއްޞަ، ދޮން ބަންޑާރައިންގެ އެ ރޫޙުގައި
މާޒީވެ ދިޔަތާ ހޯދިހައި ނަޞްރާ ފަތަޙަ ހޯދާށިޔޭ
ޣާޒީ ރައީސް ނާޞިރު، ވަޠަން މިނިވަން ކުރެއްވެވި ބީދައިން
ބާޒީގެ ފޮނިރަހަ އަރުތެރޭ ދިވެހީންގެ ލައްވައި ދޭށިޔޭ
ގަދަ ބާރުތައް އަތްގަދަ ކުރާ ބަލިކޮށް މިބިން މިނިވަން ކުރާ
މަދަދަށް އިލާހީ އެެދި ސަފަށް އެރުމަށް ފަހަށް ނުޖެހޭށިޔޭ
