Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- މަންމަން އެކައުންޓެންޓެއްގެ ވާހަކަ

އޭނާގެ އެކައުންޓެންޓު، އެތައް މިލިޔަން ޑޮލަރު ނަގައި، ޚިޔާނަތްތެރިވިކަން މާފިޔާގެ ލީޑަރަކަށް އެނގުނެވެ. މި އެކަންޓެންޓަކީ މަންމަނެކެވެ. އެހެންވެ، އެ މައްސަލަ ތަހުގިގު ކުރުމައްޓަކައި މާފިޔާގެ ލީޑަރަށް ސީދާ އެކައުންޓެންޓާ ވާހަކަ ދެއްކޭނެ ގޮތެއް ނެތެވެ.

އެހެންވެ، މާފިޔާގެ ލީޑަރު ގަސްދުކުރީ، އިޝާރާތު ބަހުން ވާހަކަ ދައްކަން އެނގޭ މީހަކު ގެންނާށެވެ. ދެން، އެމީހަކު ގެނެސް، މަންމަނު ގާތު، އޭނާ ވަގަށް ނެގި ފައިސާއާ ބެހޭ ގޮތުން ސުއާލުކުރުމަށް ބުންޏެވެ.

ޖަވާބުގައި އިޝާރާތް ބޭނުން ކޮށްގެން ކޮންމެ ވެސް އެއްޗެއް ބުންޏެވެ. އިޝާރާތް ބަސް ދަންނަ ތަރުޖުމާނު ބުނި ގޮތުގައި މަންމަނު އެކަމަށް އިންކާރު ކުރީއެވެ.

ދެންވެސް، މަންމަނު އެކައުންޓެންޓާ ހަމަ އެ ސުއާލުކުރުމަށް މާފިޔާގެ ލީޑަރު އެދުނެވެ. އަދި އިތުރަށް ބުންޏެވެ. ފައިސާއަށްވީ ގޮތް ރަނގަޅަށް ކިޔައިނުދީފި ނަމަ، މަންމަނު ގާތު، އޭނާގެ ބޮލަށް ބަޑިޖަހައި މަރާލާނެ ކަމަށް ވެސް ބުނާށޭ، އިޝާރާތް ބަސް ދަންނަ މީހާ ކައިރީ މާފިޔާ ލީޑަރު ބުންޏެވެ.

ދެން، އިޝާރަތް ބަހުން މަންމަނު ބުންޏެވެ. "ފައިސާ ހުންނާނީ ބޮޑު ދެ ކޮތަޅުގައި ބަންދުކޮށްފައި، މިވެނި ތަނެއްގައި ވަޅުލާފައެވެ."

ދެން، ތަރުޖަމާނު ކުރެން، މާފިޔާ ލީޑަރު އެއްސެވެ. "މަންމަނު ބުނީ ކީކޭ ހެއްޔެވެ؟"

ޖަވާބުގައި ތަރުޖަމާނު ބުންޏެވެ. "މަންމަނު ބުނީ، މާފިޔާގެ ލީޑަރަކީ ވަރަށް ވެސް ފިނޑީ މީހެއް ކަމަށެވެ. މަންމަނު ގަޔަށް ބަޑިޖަހައި މަރާލުމުގެ ހިއްވަރެއް އޭނާއަށް ލިބިގެން ނުވާނޭކަމެވެ."

އެ ވަގުތު މާފިޔާ ލީޑަރު، މަންމަނު އެކައުންޓަންޓް ގަޔަށް ބަޑިޖަހައި އޭނާ މަރާލިއެވެ. ދެން، އިޝާރާތު ބަހުގެ ތަރުޖަމާނު، މަންމަނު ބުނި ތަނަށް، ސިއްރުސިއްރުން ގޮސް، މަންމަނު ފޮރުވާފައި ހުރި ފައިސާތައް ނެގިއެވެ!

އާދެ، ބައެއް ފަހަރު، އެކަކަށް މާ ބޮޑަށް އިތުބާރު ކުރެވިއްޖެ ނަމަ، ދިމާވެދާނެ ގޮތެއްގެ ވާހަކަ މި ވާހަކަ ބުނެދެއެވެ. މާފިޔާ ލީޑަރަށް، އޭނާގެ ފައިސާ ގެއްލުނީ މަންމަނު ބަހުގެ ތަރުޖަމާނަށް މާ ބޮޑަށް އިތުބާރު ކުރުމުގެ ސަބަބުންނެވެ. އެކަކަށް މާ ބޮޑަށް އިތުބާރުކޮށް، އޭނާގެ މައްޗަށް ބަރޯސާވުމުން، ދާދި ފަސޭހައިން ލިބޭނޭ ކަމަށް ހީކޮށްގެން ހުންނަ ވެރިކަން ވެސް، ބައެއް ފަހަރު، ހަމަ ބަލަހައްޓައިގެން ހުއްޓާ އަތުން ބީވެގެން ދާގޮތް ވެއެވެ!