މަޝްހޫރު ލަވަކިއުންތެރިޔާ މޭނާ ހައްސާން މުހައްމަދު، އޭނާގެ އެންމެ މަޝްހޫރުވި ލަވަ "ވަގުތު ނެތޭ، ވަގުތު ނެތޭ" އަށް، ޑީ.އާރް.ޕީގެ ލީޑަރު އަބްދުﷲ ޖާބިރާއެކު ނަށަމުން، ޑީ.އާރް.ޕީއަށް މިރޭ ސޮއިކޮށްފި އެވެ.
ޓީވީން ދައްކަމުންދިޔަ އެ ލަވަޔަށް، މުށި ކުލައިގެ ކޯޓެއް ލައްވައިގެން ހުރެ، ހައްސާނާއެކު ވަރަށް ފޯރީގައި ނަށައިފައިވާ ވީޑިއޯއަކާއެކު ކުރައްވާފައިވާ ޓްވީޓެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވެފައި ވަނީ، "ވަގުތު ނެތޭ ވަގުތު ނެތޭ!" ކަމަށެވެ.
އަޅުގަނޑުގެ ބްރަދަރ މޭނާ ހައްސާން ސިޔާސީ މަސައްކަތަށް ނުކުތުމަކީ ލިބުނު ހިތްވަރެއް! އަޅުގަނޑަކީ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރ، ރާއްޖޭގެ ނަންބަރު 1 ލެޖެންޑް! ވަގުތު ނެތޭ ވަގުތު ނެތޭ! މަސައްކަތަށް އެންމެން ނުކުމޭ! ޑީއާރްޕީއަށް މަރުހަބާ! pic.twitter.com/luv9XDgsTi
— Abdulla jabir (@chairmanjabir) August 4, 2020
"އަޅުގަނޑުގެ ބްރަދަރ މޭނާ ހައްސާން ސިޔާސީ މަސައްކަތަށް ނުކުތުމަކީ ލިބުނު ހިތްވަރެއް! އަޅުގަނޑަކީ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރ، ރާއްޖޭގެ ނަންބަރު 1 ލެޖެންޑް! ވަގުތު ނެތޭ ވަގުތު ނެތޭ! މަސައްކަތަށް އެންމެން ނުކުމޭ! ޑީއާރްޕީއަށް މަރުހަބާ!" ޖާބިރުގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
ހައްސާނާއި ޖާބިރުގެ މި ހިތްގައިމު ނެށުން މިރޭގެ 7.26 އިން ފެށިގެން 10.30އާ ހަމައަށް ޓްވީޓަރގައި 12،000 އަށްވުރެ ގިނަ ފަހަރު ވަނީ ބަލައިފައެވެ. އަދި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ވެސް ވަރަށް ބާރަށް ދަނީ އެނބުރެމުންނެވެ.



advertisment