...

Support Us

ކޮލަމް ކޯދު: ބަރާކް އިސްޕިނޯޒާގެ ބުއްދިވެރި ބަސްކޮޅެއް

ބަރާކް އިސްޕިނޯޒާއަކީ 17 ވަނަ ގަރުނުގެ ޑަޗް ފަލްސަފާވެރިއެކެވެ. ސަތާރަ ވަނަ ގަރުނުގައި އަގުލާނިއްޔަތުގެ މަޒުހަބު ކުރިއަށް ނެރެ ވަކާލާތުކުރި މުހިއްމު ފަލްސަފާވެރިންންގެ އެންމެ އިސް ސަފުގައި ހިމޭނޭ ފަލްސަފާ ވެރިއެކެވެ. އޭނާގެ އެންމެ މުހިއްމު ފޮތަކީ އޭނާގެ އަޚުލާގިއްޔާތު، މި ފޮތެވެ. އޭނާ ނިޔާވީ 1677ގައެވެ.

  1. އިންސާނާއަށް ހާސިލުކުރެވިދާނެ އެންމެ މަތިވެރި ކަމަކީ ވިސްނި ފަހުމްވެ ދިޔުމަށްޓަކައި އުނގެނުމުގެ މަސައްކަތް ކުރުމުގެ ސިފަ ލިބިގަތުމެވެ. އެހެނީ ވިސްނި ފަހުމްވުމަކީ މިނިވަންވުމެވެ.
  2. ތަބީއަތުގައި އެއްވެސް ކަމެއް ހަމަ ހުރެފައި، އިއްތިފާގަކުން، ނުހިނގައެވެ. އެފަދައިން ކަމެއް ހިނގާހެން ހީވަނީ އެކަމުގެ ފުރިހަމަ މައުލޫމާތު އަހަރުމެންނަށް ލިބިފައި ނެތީމައެވެ.
  3. އަމިއްލަ ނަފްސާ މެދު ބޮޑާވެ ފަޚުރުވެރިވާވުމަކީ، ތިމާގެ އަމިއްލަ ނަފްސު ތިމާގެ ކުރިމަތީ މާ ބޮޑުވެ، އެކަމުގެ ސަބަބުން އިހުސާސުކުރެވޭ އުފަލެކެވެ.
  4. ފައިސާގެ ހަގީގީ އަގު ދަންނަ މީހާއަށް، އޭނާގެ ބޭނުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ޚަރަދުކުރަން ދަސްކޮށް، މަދު އެއްޗަކުން ފުއްދާލައި، ހިތްހަމަޖައްސާލަން އެނގޭނެއެވެ.
  5. ފަލްސަފާއަކީ ސުލްހަ މަސަލަސްކަމަށް ބުރޫ ނާރުވާނެ މާއްދާއަކަށް ވާ ގޮތަކަށް، ފަލްސަފާ ކިޔަވައިދޭކަށް އަހަންނަކަށް ނޭނގެއެވެ.
  6. ކިތައްމެ ތުނިކޮށް ފޮތިފޮތިކުރި ކަމުގައި ވިޔަސް، އެއަށް އަބަދުވެސް ދެ ފަރާތެއް ވާނެކަން ދަންނާށެވެ.
  7. ހާޒިރުގެ ކަންތައް މާޒިއާ ތަފާތުކޮށް އޮންނަން އެދޭ ނަމަ، މާޒީ ދަސްކުރާށެވެ.
  8. ކޮންމެ މޮޅު އެއްޗަކީ، އެ ނާދިރުވި ފަދައިން ލިބުން އުނދަގޫ އެއްޗެއް ވެސް މެއެވެ.
  9. އިންސާނާގެ އަމަލުތަކަށް، މަލާމާތް ނުކުރުމަށާއި، ދެރަވެ ހިތާމަ ނުކުރުމަށާއި އަދި އެކަންކަން ދަށްކޮށްނުލައި، އެކަންކަން ރަނގަޅަށް ވިސްނި ފަހުމުވޭތޯ ހުއްޓާ ނުލާ އަހަރެން މަސައްކަތްކުރަމެވެ.
  10. އިނބަގެ ނަފްސާއި ޖަޒުބާތުތައް ވިސްނި ފަހުމުވަމުންދިޔަ ވަރަކަށް، އިނބަގެ ހާލަތު އޮތް ގޮތާ މެދު ރުހި ގަބޫލުކުރެވެމުންދާނެއެވެ.
  11. ކަމެއް ނުވުމުގެ ބިރުހީވުމާ ނުލައި ކަމެއް ވުމުގެ އުއްމީދެއް ނުކުރެވެއެވެ. ހަމަ އެހެންމެ، ހެޔޮ ގޮތެއް ވެދާނެ ކަމުގެ އުއްމީދެއް ނެތި، ނުބައި ގޮތެއް ވެދާނެ ކަމުގެ ބިރުވެސް ހީނުވެއެވެ.
  12. މިނިވަނާގެ ހިތަށް މަރުގެ ހަނދާން އަބަދުވެސް އައިސް އައިސް ހުރެއެވެ. ނަމަވެސް، އޭނާގެ ވިސްނުމާއި ފިކުރުކުރުން ހުއްޓިފައި އޮންނީ މަރުގެ މައްޗަކަށް ނޫނެވެ. ނަމަވެސް ހަޔާތުގެ މައްޗަށެވެ.
  13. މީހުން ކުރާ ޚުޝާމަދާއި ދޮގު ތައުރީފުތަކުގެ ގުއި ރޯނުގައި، ބޮޑާ ކިބުރުވެރިން ޖެހޭ ފަދަ ގޮތެއްގައި، އެހެން އެއްވެސް ބަޔަކު ނުޖެހެއެވެ. އެހެނީ، އެފަދަ ބޮޑާ ކިބުރުވެރިންނަކީ މާ މޮޅު ބައެއް ކަމުގައި ނުވިޔަސް، އެމީހުން ދެކެނީ އެމީހުންނަކީ ހަމަ އެންމެ މޮޅެތި މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކަމުގައެވެ.
  14. ސިކުނޑިތައް ފަތަހަ ކުރެވެނީ ހަތިޔާރާއި ބާރުގެ ބޭނުން ކޮށްގެންނެއް ނޫނެވެ. ނަމަވެސް، ލޯތްބާއި މާތް އަޚުލާގު ބޭނުން ކޮށްގެންނެވެ!
  15. މިނިވަނަކީ، މިނިވަންކަމާއެކު ރުހިގެން، މުޅިން ވެސް އޭނާގެ ބުއްދީގެ މަގުދެއްކުމުގެ ދަށުގައިވާ މީހާއެވެ.
  16. ކަންކަން ރިތިވެ ނުވަތަ ހުތުރުވަނި އަދި، ތަރުތީބުވެފަ އޮތްކަން ނުވަތަ އޮޅުން ބޮޅުން އަރައިފައި އޮތްކަން، މިކަންކަން ބިނާވެގެން ވަނީ އަހަރުމެންގެ ޚިޔާލާއި ފިކުރަށް އެކަންކަން ފެންނަ ގޮތެއްގެ މައްޗަށެވެ.
  17. އެ އެއްޗަކީ މިވެނި މީހެއްގެ އެެއްޗެކޭ ނުވަތަ އެވެނި މީހެއްގެ އެއްޗެެކޭ ބުނެވޭނޭ އެއްވެސް އެއްޗެއް ތަބީއަތް ހުށައެއް ނާޅައެވެ. ތަބީއަތުގައިވާ ހުރިހާ އެއްޗަކީވެސް އެންމެންގެ އެއްޗެކެވެ.
  18. މުއްސަނދި މީހާއަށް ވުރެ، ގިނަ ފަހަރަށް، ފަގީރު މީހާ ރަނގަޅުވެއެވެ. އެހެނީ ފަގީރު މީހާއަށް ސާފު ޒަމީރެއް ލިބިގެންވާތީއެވެ.
  19. ފިރިހެނެއްގެ މައްޗަށް ރުއިން ވާޖިބު ވަނީ އެންމެ ހާލަތެއްގައެވެ. އޭނާ އުފާވުމުންނެވެ.
  20. ގާތް ތިމާގެ މީހުންނަށް ދަރަންޏަށް ފައިސާ ނުދޭށެވެ. އެހެން ނޫނީ، އެ ތިމާގެ މީހާއާއި އަދި ފައިސާ ވެސް ގެއްލިގެން ދާނެއެވެ. [ތިމާގެ މީހަކަށް ފައިސާ ދޭން ބޭނުން ނަމަ، ހިލޭ ދޭށެވެ!]
  21. ހަމައެކަނި ފައިސާއަށް ދަހިވެތި ވާނީ މޮޔައިންނެވެ. ބުއްދިވެރިން ދަހިވެތިވަނީ ފައިސާ ހޯދުމުގެ ފުރުސަތުތައް ލިބިގަނެ، ފައިސާ ހޯދަން މަަސައްކަތް ކުރުމެށެވެ.
  22. އޭނާގެ ބުއްދީގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން މަގުގެ މަތީގައި ހިނގާ މީހަކީ އަހަރެންގެ ނަޒަރުގައި ފުރިހަމަ މިނިވަނެކެވެ.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.