ތުރްކީގައި ހުޅުވުނު ނިޔުކްލިއަރ ފުރަތަމަ އިސްޓޭޝަށް އުނދަނަ އެޅުމުގެ ރަސްމިއްޔާތުގައި ރޫސީ ރައީސް ޕޫޓިނާއި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ދާދިވަރުކޮށް ވީޑިއޯ މެދުވެރިކޮށް ބައިވެރިވެ ވަޑައިގަންފިއެވެ.
މި އިސްޓޭޝަނުގެ ސަބަބުން ނިޔުކްލިއަރ މަދަނީ ހަކަތަ ލިބިގެންވާ މެންބަރަކަށް ތުރްކީ ވެގެން ދާނެއެވެ. މިއީ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ. މި އިސްޓޭޝަނުގައި ހަތަރު ރިއެކްޓަރު ހުންނާނެއެވެ. މި އިސްޓޭޝަން ހަދައިފައި ވަނީ މެޑެޓެރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ އައްކުޔޫ ނަމަކަށް ކިޔާ ރަށުގައެވެ. މި ތަނުން ދުވާލަކު 4،800 މިގަވޯޓުގެ ކަރަންޓު އުފައްދާނެއެވެ.
މި މަޝްރޫޢަކީ ރަޝިޔާ ތުރްކީ އެއްބާރުލުން މުހިއްމު ފިޔަވައްސަކަށް ގެންދާނެ މަޝްރޫޢެކެވެ.



advertisment