ފިތުނަޔާއި ފަސާދަޔަށް އެންމެން ބުނަންވީ ނޫނެކޭ
މިތުރުކަން ކެނޑުނަސް ނުބައި ކަމަކަށް ބުނަންވީ ނޫނެކޭ
ޞުލްޙަޔާ އެކުވެރިކަމާ ނެގެހެއްޓުމަށް މާތް ދީނުގައި
ޚުލްޤުވެރި ހެޔޮގޮތް ނުވާ ކަމަކަށް ބުނަންވީ ނޫނެކޭ
ވިސްނުމާ ފިކުރާ ތަފާތު ވުމުން ކަމެއްގައި ގައުމުގައި
އިސްނަގައި ގަޑުބަޑު އުފައްދާނަމަ ބުނަންވީ ނޫނެކޭ
މަދަރުސާޔާ ގޭތެރޭން ދީފައިވި ތަރުބިއްޔަތު އުވޭ
ފަދަ ކަމެއް ކުރިމަތި ވިނަމަ އެކަމަށް ބުނާންވީ ނޫނެކޭ
މަގުމަތީގެ ކަރާމަތާ ޙުރުމަތް ކެނޑޭ ފަދަ ކަންކަމާ
އަގު މިގައުމުގެ ވެއްޓިދާ ކަމަކަށް ބުނަންވީ ނޫނެކޭ
ކަތިމަގުން ހިނގުމަށް ތިމާޔަށް ބާރުލާނަމަ އެކުވެރިން
ދަތިކަމެއް ޖެހިލުން ވުމެއްނެތި، ހަަމަ، ބުނަންވީ ނޫނެކޭ
ރިވެތި ހުރިހައި ގޮތްގޮތާ ހެޔޮހައި ނަމޫނާ ދެއްކުމަށް
ދިވެހި ވަޠަނީންނަަށް އެޅޭ ހުރަހަށް ބުނަންވީ ނޫނެކޭ
