Support Us

އަންހެނުންގެ ބަލި ރަނގަޅުކުރުމަށް ކުރި ހާއްސަ ރުޤުޔާ 

މިޞްރު އަންހެނަކު ވަރަށް ބޮޑަށް ބަލިވިއެވެ. ޑަކުޓަރަށް ދައްކަދައްކައިވެސް ޙައްލެއް ނުލިބި އެނދުމަތިވެފައި އޮންނަތާ މަހެއް ވާން ކައިރިވުމުން ފިރިކަލުން ގާތު ބުންޏެވެ.

"އަހަންނަށް ޝިފާދެއްވާތޯ ނިކަން ޝަރުޢީ ރުޤުޔާއެއް ވިޔަސް ކޮށްލަބަލާށެވެ."

އެ ހިނދު ފިރިކަލުން ވުޟޫކޮށްލައިގެން އައިސް އެކަނބުލޭގެ ބޯމަތީގައި އަތްއަޅައިގެން އިނދެ ރުޤުޔާކުރުމަށްޓަކައި، ޤުރުއާން ކިޔަވަންފެށިއެވެ.

"فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ”"

މާނަ: އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިން މީހުނާއެވެ. ނުވަތަ ހަތަރު މީހުނާއެވެ. [އައްނިސާ 3]

މި ހިސާބަށް ކިޔެވުނު ތަނާ އެކަނބުލޭގެ ބަލި ވަގުތުން ފަސޭހަވިއެވެ. ފުންމައިގެން އެނދުން ތެދުވެ މެންދުރުގެ ކެއުން ތައްޔާރުކޮށް، ފިރިކަލުންނަށް ކޮފީ ގިރައިދީ، ގޭތެރެ ސާފުކޮށް، މަގުމަތިވެސް ކުނިކަހައިފިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

One Response

  1. Tiya meehaa balee kee noon thaa bali kama hedhi gen othee thaa firi meehaa ah ves ekan engu nee kama vaa ni

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *