އާދަޔާ ރޯދައިގެ ހުރި ހެޔޮ އަސަރުތައް ވާނޭ ހިފަން
ވާދަކޮށް އެކަކާއި އަނެކަކު ވާނެ ރޭހުން ކުރިއަރަން
ޞިއްޙަތާ ދުޅަހެޔޮކަމުގެ ނަޒަރުން ލިބުނު ފާއިދާގެ ބައި
ހިއްވަރާއެކު ހޯދުމަށް އެދި ވާނެ އެމަގަށް ފައިއަޅަން
ދީނުގައި ހުރި ޚުލުޤުވެރި ސިފަ ރޯދަޔާއެކު ހަރުލުމުން
ވީނުލައި ދޫކޮށް ޖަމާޢަތުގައި އެގޮތްތައް ފަތުރުވަން
ރުޅިއެރުން ދޫކޮށް އަތާފައި ރަމަތަކުރި ހެޔޮގޮތް ހިފަން
މުޅި ޢުމުރުގައި ވާނެޔޭ ނަފްސަށް ނަސޭހަތް ދީހަދަން
އަޚުކަމާ ގާތްކަން ތިމާގެކަމާ ވަޒަންކޮށް އުޅެވުމުން
ރަޙުމުކޮށްގެން އުޅުނުހެން ވާނޭ އުޅެން ހިތްވަރު ކުރަން
ރޯދަމަސް ހޯދައި އެދިން ހެޔޮ ސިފަތަކާ ހެޔޮ އާދަތައް
ރޯދަޔަށް ފަހުވެސް ނުކޮށްދޫ ވާނެ އުޅެވޭތޯ ބަލަން
