Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ނަޖުމީގެ ގަލަމުން: ސެންޓް ހެލީނާގައި ހުންނަ ދިވެހި ގެ

ދެކުނު އެޓްލާންޓިކް ކަނޑުގައި އޮންނަ ސެންޓް ހެލީނާގެ އަޕަރ ޖޭމްސްޓައުން ވާދީގައި އޮންނަ މޯލްޑިވިއާ އަކީ އެ ރީތި ޖަޒީރާގައި ތިބުމަށް އެންމެ ހިތްގައިމު މަންޒިލެވެ. މި ސަރަހައްދަށް ނަން ދީފައިވަނީ 1735 ވަނަ އަހަރު މި ޖަޒީރާއަށް އައިސް ސަރުކާރު ޕްލާންޓޭޝަންގެ ބަގީޗާތަކުގައި އަޅުންގެ ގޮތުގައި މަސައްކަތްކުރި ދިވެހި ބައެއްގެ ނަމުންނެވެ. މިކަން އެނގެން އޮތީ އެ ޖަޒީރާގެ ތާރީޚު ލިޔެފައިވާ ރެކޯޑްތަކުންނެވެ. އޭގައި އެންގެން އޮތް ގޮތުން ދިވެހީންގެ 10 މީހަކު ބެހިގެން ދިއުމުގެ ތެރޭގައި ސަލާމަތްވީ ހަމައެކަނި ފަސް ފިރިހެނުންނާއި އަންހެނަކާއި ފިރިހެން ކުއްޖަކު އެ ރަށަށް އައެވެ.

އެމީހުން ތިބީ ޖޭމްސްޓައުންނާ މޭލެއްހާ ދުރުގައި އޮންނަ އުސް ހިސާބެއްގައެވެ. އެތަނަކަށް ކިޔާ ނަމަކީ މޯލްޑިވިއާ ހައުސް، ނުވަތަ ދިވެހީންގެ ގެއެވެ.

ނެޕޯލިއަން އޭރު ހުރީ އެ ރަށަށް އަރުވާލައިފައެވެ. އޭނާ ޒިޔާރަތްކޮށް ހެދި މަދު ގެތަކުގެ ތެރޭގައި މޯލްޑިވިިއާ ހައުސް ހިމެނެއެވެ.

ނެޕޯލިއަންއަށް މިތަން ފެނުނީ ސަރ ޖޯޖް ކޮކްބަރންގެ ޕާޓީއަކަށް، ނޮވެމްބަރ 20، 1815ގައި ބްރައިއަރސް ދިއުމުގެ ތެރޭގައެވެ. އެތަނުން ތިރީގައިވާ ވާދީގައި ހުރި މިގެ ފެނުމުން، އޭނާ ފައިބައިގެން އައެވެ. މިގޭގެ ވެރިޔާ މޭޖަރ ހޮޑްސަން، އޭނާއަށް މަރުހަބާ ކިއެވެ. ނެޕޯލިއަން މަޝްހޫރުވެފައިވަނީ އޭނާގެ ކިބައިގައި ހުންނަ ތަފާތު ސުލޫކެއްގެ ސަބަބުންނެވެ. އޭނާ އައިސް މޭޖަރ ހޮޑްސަންގެ ޒުވާން ފިރިހެން ދަރިފުޅުގެ "ނޭފަތުގައި ވިކާލި" އެވެ. މޭޖަރ ނެޕޯލިއަންގެ މީހުންނަށް ބްރައިއަރސް އަށް އެނބުރި ދިއުމަށް އަސްތަކެއް ވެސް އަނބުރާ ދައްކާ ގޮތަށް ދިނެވެ. ބަދަލުގައި ނެޕޯލިއަން އޭނާ އާއި އޭނާގެ އަންހެނުންނަށް ލޯންގްވުޑްގައި ރޭގަނޑުގެ ކެއުމަށް ދައުވަތު ދިނެވެ. މިދައުވަތު އޮތީ ޖެނުއަރީ 4، 1816 ގައެވެ. ހޮޑްސަން ވެސް ނަޕޯލިއަންގެ ޖަނާޒާއަށް 1840 ވަނަ އަހަރު ދިޔައެވެ.

މޯލްޑިވިއާ ހައުސް ހުންނަ ހިސާބުން މުޅި ޖޭމްސްޓައުން އެއްކޮށް ބަލާލެވެއެވެ. އެކަމަކު މޯލްޑިވިއާއަށް އެރުމަކީ އުނދަގޫކަމެކެވެ. އެކަމަކު އެތާ މަތިން ފެންނަ މަންޒަރަކީ ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ރީތި މަންޒަރެކެވެ. އެތަނަށް ޒިޔާރަތްކުރާ މީހުން އެތަނަށް އަރަނީ ނެޕޯލިއަން ބޭނުންކުރި ޓްރެކުންނެވެ.

ޝައުޤުވެރިވާ އަނެއް ކަމަކީ، 1890 ގެ އަހަރުތަކުގައި އެ ޖަޒީރާއަށް އަރުވާލެވިފައިވާ ދިނޫޒުލޫ ރަސްގެފާނުވެސް މޯލްޑިވިއާގައި ވަގުތު ހޭދަކުރެއްވި ކަމެވެ. މިރަސްގެފާނު ނެޕޯލިއަންއަށް ވުރެ ބޮޑަށް އޭނާ އަރުވާލެވިފައިވާ ދުވަސްވަރު މާ އުފަލުގައި އުޅުނު ކަމަށް ބެލެވެއެވެ. އޭނާގެ ކާފަދަރިފުޅު އަދިވެސް ދިރިއުޅެނީ އެ ޖަޒީރާގައެވެ. މިފަދަ މުއްސަނދި ތާރީޚަކާއި ރީތި މާހައުލަކާއެކުވާ މޯލްޑިވިއާ އަކީ ޒިޔާރަތް ކޮށްލަން ރަނގަޅު މަންޒިލެކެވެ.