ލިބުނުހެޔޮ ތަރުބިއްޔަތާ އެކުގައި ހިނގާނަމެ ހެޔޮ މަގުން
ޢިބުރަތާ وَعُظُ ން ލިބުނު ދަރުސަށް ލަނބައިގެންބޯ ސަފުން
ވަކިވުމަށް ޖެހުނަސް ޢިބާދާތުގެ ރަބީޢީ މޫސުމާ
ހަކިހިފާފައި ހުރި ރަނގަޅު ސިފަތައްމެ ދާނަން ދިރުވަމުން
ތެދުވެރީންގެ އެމާތްވި ސިފަތައް ރޯދަޔާއެކު ދަސްވުމަށް
އެދުނު އެދުމުން ދަސްވި ދަސްވުން ދާހުށިން ހިފަހައްޓަމުން
ދަހިކަމުގެސިފަ ހިތުތެރޭންނެރެ ނިކަމެތިންނަށް މަދަދުދޭން
ފަހިވެގެން ހިތް އައި ހިނދުން ދީލަތި އަބަދު ދާނަން ވަމުން
ކަންކަމަށް ކެތްތެރިވުމުގެ ސިފަ ރޯދައިން ދަސްވީ ކަމުން
އަންނަ ދަތި ކަންތައް ތަކަށް ދާނީ މުޅިން ކެތްތެރި ވަމުން
ދިޔަކަމަކު މައްސަރު މިމަތިވެރި ދިންދަރުސު ރަނގަޅަށްއަހައި
ކިޔަމަނުން ދީނުގެ ނުގޮސް ބޭރަށް ހިނގާނަމެ ތެދު މަގުން