ދަރުމައިން ހިތްތައް ފުރައިދިން ރޯދަމަސް މިހިނދަށްދަނީ
މަރުޙަބާކީ ފަދަ ވަދާޢެއް އުންމަތުން ކިޔަމުންދަނީ
ދުނިޔެވީ ދިރިއުޅުމުގައި ބުރަ އުފުލަމުން ދާ ދިއުމުގައި
އުނިވެގެންދިޔަ ހެޔޮކަމުގެ ބައި ދީފަޔޭ އެ ފުރަންދަނީ
ތަންމަތީގައި ގަދަ ނިދީގައި ނިދިނިދުން ދޫކޮށްލެވުނު
ދަންވަރުގެ ހެޔޮ ވަގުތުތައް އަޅުކަން ކުރަން ދީފައިދަނީ
ޚަބަރުތައް އެރެއާމެދަށް ވާރިދުވި ރޭ އެދި ގަދައަޅައި
ދަބަރުތައް ފާފައިގެ ފިލުވަން ރޭތަކެއް ދީފައިދަނީ
އަޅުކަމާ ދުރުހެލިވެ އުޅެވޭ އުޅެވުމަށް ނިމުމެއް ގެނެސް
އަޅުތަކުން މިސްކިތްތަކާ ގުޅުވާފަޔޭ އެ އެނބުރިދަނީ
ފުރުޞަތެއް ބައްދަލުވުމުގެ އުއްމީދުގައި ކުރިޔަސް ސަލާން
ޙުރުމަތާ ލޯބީގެ އަސަރީ ކަރުނަޔޭ އޮހެމުންދަނީ